ތިލަދުންމަތީ ދެކުނުބުރީ ފިނޭ ކައުންސިލުން އިންތިޒާމް ކޮށްގެން ބާއްވާ "ފިނޭ ކައުންސިލް ޤުރުއާން މުބާރާތް 2024" ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި މުބާރާތް ބޭއްވުމުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނެނީ އެ ރަށުގައި ޤުރުއާން ހިތުދަސްކުރުމާއި ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ޤުރުއާނާ މެދު ދަރިވަރުންގެ ހިތްތަކުގައި ލޯބި އުފައްދައި އާލާކުރުމެވެ. އަދި ގާނޫނުތަކާއި ގަވާއިދުތަކުގައިވާ ގޮތުގެމަތިން ރައްޔިތުންގެ މެދުގައި އޮންނަ ގުޅުން ބަދަހިކޮށް، ރަހްމަތްތެރިކަން އުފެއްދުމަކީ ވެސް މި މުބާރާތް ބޭއްވުމުގެ މަގުސަދެކެވެ.
މި މުބާރާތް ޖުލައި މަހު ފެށުމަށް ތާވަލު ކޮށްފައިވާއިރު، މުބާރާތް ހާއްސަކޮށްފައި ވަނީ ފިނޭ ސްކޫލްތަކުގެ ދަރިވަރުންނަށެވެ.
މި މުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްޓަކައި ފުރިހަމަކުރަން ޖެހޭ އޮންލައިން ފޯމް ފުރިހަމަ ކުރުމަށް ފަހު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ 13:00 ގެ ކުރިން ސަބްމިޓް ކުރުމަށް އެ ކައުންސިލުން އެދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!