ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު، މުހައްމަދު ޝިފާޢު، ހއ. އިހަވަންދޫ ރައްޔިޔުންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް އެރަށު ކައުންސިލުން ހާމަކޮށްފިއެވެ.

ތިލަދުންމަތީ އުތުރުބުރީ (ހއ) އިހަވަންދޫ ކައުންސިލްގެ އިދާރާއިން އާންމުކޮށްފައިވާ ޢިއުލާނެއްގައި ބުނީ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު، މުހައްމަދު ޝިފާޢު، އެރަށުގެ ރައްޔިތުންނާ ބައްދަލުކޮށްލައްވަން ބޭނުންފުޅުވާތީ، ބައްވާ ހާއްސަ ބައްދަލުވުމެއް 06 ޖަނަވަރީ 2019 ވާ ހޯމަ ދުވަހުގެ ރޭގަނޑު 20:30 ގައި، އެރަށު ރަށްވެހި ގޭގައި އޮންނާނެކަމަށެވެ.

Ad
rt

އެބައްދަލުވުމުގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެދެއްވުމަކީ އިހަވަންދޫ ކައުންސިލް އިދާރާގެ ވަރަށް ބޮޑު އެދުމެއް ކަމުގައި އެއިދާރާގެ ޢިއުލާންގައި ބުނެފައިވެއެވެ.

މެމްބަރު ޝިފާއުވަނީ މިހާރު ދާއިރާއަށް ކުރައްވަމުން ގެންދަވާ ދަތުރުގައި އެމަނިކުފާނުގެ ދާއިރާގެ މޮޅަދޫ ރައްޔިތުންނާވެސް ވަނީ ބައްދަލު ކުރައްވާފައެވެ. އެމަނިކުފާނު ގެންދަވަނި ދާއިރާގެ ރައްތަކުގެ ރައްޔިތުންނާއި، ޖަމްޢިއްޔާތަކާއި އެނޫންވެސް ފަރާތްތަކާއި ބައްދަލުކުރައްވައި ރައްޔިތުންގެ އަޑު އައްސަވަމުންނެވެ. މިދަތުރުގައި ދާއިރާގައި ސަރުކާރުން ހިންގަވަމުންގެންދަވާ ޕްރޮޖެކްޓްތައް ހިންގާ ތަންތަނަށް ވަޑައިގެން މަސައްކަތް ކުރިއަށްދާ ގޮތްވެސް އެމަނިކުފާނު ދަނީ ކައިރިން ބައްލަވަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މެމްބަރު ޝިފާއު މިވަގުތު ހުންނެވީ އެމަނިކުފާނުގެ ދާއިރާގެ ތަކަންދޫގައެވެ.

08 ޖަނަވަރީ 2020 ވަނަ ދުވަހުގެ ރޭ 20.30 ގައި އިހަވަންދޫ ކައުންސިލްގެ ފަރާތުން 2020 އަހަރުގެ ބަޖެޓަށް ޚިޔާލު ހޯދުމާއި ގުޅޭގޮތުން ރައްޔިތުންނާއި ބައްދަލު ކުރާ ގޮތަށް ހަމަޖެހިފާވާކަމަށްވެސް އެކައުންސިލުންވަނީ ހާމަ ކުރައްވާފައެވެ. އެބައްދަލުވުން އޮންނާނީ އެރަށު ރަށްވެހި ހިޔާގައެވެ.