ޖެނުއަރީ 17 ވާ ހުކުރު ދުވަހު ދުނިޔޭގެ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އިސްލާމީ މަރުކަޒުގައި އިމާމުވެ ޚުތުބާ ދެއްވާ ގޮތަށް ހަމަޖެހިއްޖެއެވެ. މެންކް ޚުތުބާ ދެއްވުމަށް ހަމަޖެހިފައި ވަނީ އިނގެރޭސި ބަހުން ނެވެ.
މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގެ ދައުވަތަކަށެވެ. މެންކް ރާއްޖެ ވަޑައިގެންނެވުމަށް ތާވަލްކޮށްފައި ވަނީ މި މަހުގެ 14 އިން 18 އަށެވެ.
އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާ ގޮތުގައި މުފްތީ މެންކްގެ މި ދަަތުރުފުޅުގައި، މާލެ އާއި އައްޑޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީ ގައި ތަގުރީރު ކުރައްވާނެ ކަމަށެވެ.
މީގެ އިތުރަށް ޒުވާނުންނަށާއި، ދީނީ ޢިލްމުވެރިންނަށް ހާއްސަ ޕްރޮގްރާމް ތަކެއްވެސް މުފުތީ މެންކް ކުރިއަށް ގެންދަވާނެ ކަމަށް މިނިސްޓްރީން ވަނީ ހާމަކޮށްފަ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!