ކުޅުދުއްފުށީގައި ވެމްކޯ މެދުވެރިކޮށް ކުނި ނެގުމުގެ ހިދުމަތަަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ސިޓީ ކައުންސިލުން ބުނީ މި ހިދުމަތަށް އެދި ރަޖިސްޓްރީ ކުރެވޭނީ މު މަހުގެ 9 ވަނަ ދުވަހާ ހަމައަށް ކަމަށެވެ. އޮންލައިންކޮށް ނުވަތަ އެންއޯސީ ގްރައުންޑް ފްލޯގެ ހޯލުން ވެސް ރަޖިސްޓްރީ ކޮށްލެވޭނެއެވެ.
ރަޖިސްޓްރީވާންދާއިރު އައިޑީ ކާޑާއި ގޭގެ ރަޖިސްޓްރީ ނުވަތަ ރަށްވެހިންގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ކޮޕީ ގެންދިއުމަަށް ޗްނީ އިލްތިމާސްކޮށްފައެވެ.
ކުނި ނެގުމަށް ރަޖިސްޓްރީ ކޮށްދޭނީ ހެނދުނު 9:00 ން ހަވީރު 5:00 އަށެވެ.
ވެމްކޯއިން މާލޭގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރަށްތަކުގައިވެސް ކުނި ނެގުމުގެ ހިދުމަތް ފޯރުކޮށްދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!