މިދިޔަ ބުރާސްފަތި ދުވަހު ހިފި އިރުކޭތައަކީ އިރުގެ ވަށައިގެން ރިންގެއް އިންނަ ސޯލާ އިކްލިޕްސް އެނިޔުލާ ނަމަކަށް ކިޔާ އިރު ކޭތައެކެވެ. ފަލަކީ ގޮތުން ކިޔާއުޅޭ ”ރިންގ އޮފް ފަޔަރ“ އިރު ކޭތަ އަކީ އެކި ގޮތްގޮތުން ފާހަގަ ކޮށްލެވެނު އިރުކޭތަ އެކެވެ.
މިއިރުކޭތަ ދުނިޔޭގެ އެކި ކަންކޮޅުތަކުން ބޮޑު ސަމާލުކަމެއް ލިބިފައިވާ އިރު އެދުވަހުގެ ތަފާތު ފޮޓޯތައް ދުނިޔޭގެ މޮޅެތި ފޮޓޯ ގުރާފަރުން ވަނީ ނަގާފައެވެ. ނަމަވެސް އެންމެ ފާހަގަ ކޮށްލެވޭ އެންމެ ގިނަބަޔެއްގެ ސަމާލުކަން ހުއްޓުނު ފޮޓޯ އަކީ މިއީ އެވެ. އަދި އެންމެ ތަފާތު ފޮޓޯއަކީ ވެސް މިއެވެ.
ދުނިޔޭގެ އުދަރެހުން އިރު އަރައިގެން އައި ވަގުތު ނަގާފައިވާ މިފޮޓޯ ނަގާފައިވަނީ ގަތަރުގައެވެ. އިރު އަރައިގެން އައި ވަގުތާއި އިރުކޭތަ ހިފި ވަގުތާއި އެއްވަގުތެއް ގައި ދިމާވެ އިރު ދެބައިވެ ބޮޑު ސިންގާ ދެދަޅު ސިފަވާހެން ހުރި މިތަފާތު މަންޒަރު ނަގާފައިވަނީ މަޝްޙޫރު ފޮޓޯ ގުރާފަރ އެލިއަސް ކިޔާ ފޮޓޯ ގުރާފަރެކެވެ.
މިފޮޓޯ މީސް މީޑިޔާއަށް ދޫކޮށްލަމުން އެލިޔަސް ބުނެފައިވަނީ އިރު ދެބައިވެފައިވަނީ އިރު އަރައިގެން އައިވަގުތު ވިލާތަކެއް އިރުގެ މެދައް އެރުމުން ކަމަށާއި މިއީ އެއިނައަށް ފެނުން އެންމެ ތަފާތު ސަން ރައިސް ކަމަށެވެ.
މިފޮޓޯ ހާއްސަވެ ނާސާއިން ކޮންމެ ދުވަހަކު ހޮވާ އެސްޓްރޮނޮމީ ފޮޓޯ އޮފްދަ ޑޭ އަށް މިފޮޓޯ ހޮވި ނާސާގެ ވެބްސައިޓުގައިވެސް މިފޮޓޯ ވަނީ އާންމުކޮށްފައެވެ. ނާސާއިން ބުނެފައިވަނީ މިއީ އާންމުކޮން ނޫނީ އިރު އަރާ ވަގުތާއި ނުވަތަ އިރު އޮއްސޭ ވަގުތުގައިވެސް ނުފެންނަ މަންޒަރެއް ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!