ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ބަންޑާރަނައިބު އަހްމަދު އުޝާމް އަލުން ބަންޑާރަނައިބުކަމުގެ މަޤާމަށް މިއަދު ޢައްޔަނު ކުރައްވައިފިއެވެ.
ރައީސް އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި ބަންޑާރަނައިބުކަމަށް އުޝާމް ޢައްޔަނުކުރައްވައި، ރައީސް މުޢިއްޒު ވަނީ އޭނާ އަށް މަޤާމުގެ ފަތްކޮޅު އަރުވާފައެވެ.
މީގެ އިތުރުން ބަންޑާރަނައިބު އުޝާމް ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ޤާނޫނުގައިވާގޮތުގެ މަތީން އެ ކޮމިޝަންގެ މެންބަރުކަމަށް ވެސް ޢައްޔަނުކުރައްވާފައެވެ.
ބަންޑާަރަނައިބުކަމަށާއި، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އުޝާމް، ވަނީ އެ ދެ މަޤާމުގެ ހުވައި، ރައީސްގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ. ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބްލް އަލްއުސްތާޛު ޙުސްނުއް ސުޢޫދެވެ. އަދި ހުވައިގެ އިޤްރާރުގައި އަލްއުސްތާޛު އަޙްމަދު އުޝާމް ވަނީ ސޮއިކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!