ޚާރިޖީ ވަޒީރު މޫސާ ޒަމީރަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފިއެވެ.
މިއަދު ކުރިއަށްދާ މަޖިލީހުގެ ޚާއްޞަ ޖަލްސާގައި ވަޒީރުންނަށް ރުހުންދިނުމުގެ ބަޔަށް މިހާރު ވޯޓަށް އަހަމުންދާއިރު ޣައްސާނަށް ރުހުންދޭން މަޖިލީހުން ފާސްކުރީ 70 މެންބަރުންގެ ވޯޓުންނެވެ.
މަޖިލީހުގެ މިހާރު ޖުމްލަ މެންބަރުންގެ އަދަދަކީ 80 އެވެ.
ޚާރިޖީ ވަޒީރު ޒަމީރަށް ރުހުން އޮތްތޯ ބަލަން ވޯޓު ނެގި ވަގުތު ތަޅުމުގައި 72 މެންބަރަކު ތިއްބެވިއެވެ.
މޫސާ ޒަމީރަށް ރުހުން ނެތްކަމަކަށް އެއްވެސް މެންބަރަކު ވޯޓެއް ނުދެއްވައެވެ. އަދި ވަކިކޮޅަކަށް ވޯޓު ދޭން ބޭނުން ނުވާކަމަށް ވޯޓު ދެއްވި މެންބަރަކު ވެސް ނެތެވެ. ޒަމީރަށް ރުހުންދޭން ބޭނުންވި އަދަދަކީ 35 އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!