ބޮމެއް އޮތްކަމެއް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ އެއާޕޯޓުން ހައްޔަރުކޮށްފި

ހަނިމާދޫ އ.އެއާޕޯޓުގައި ފްލައިޓެއް ފުރަން ތައްޔާރުވެފައި، ފޮޓޯ: ތިލަދުން
ހަނިމާދޫ އ.އެއާޕޯޓުގައި ފްލައިޓެއް ފުރަން ތައްޔާރުވެފައި، ފޮޓޯ: ތިލަދުން

ބޮމެއް އޮތްކަމެއް ބުނެ ބިރުދެއްކި މީހަކު ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން މިއަދު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ބުނީ ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުން ފުރަން ގޮސްހުރި މީހަކު، ބޮމެއް ކަމަށް ބުނެ ބިރުދެއްކި މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ދިވެހި ފިރިހެނެކެވެ.

''މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން'' ފުލުހުން ބުންޏެވެ. މި މައްސަލައާއިގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.

މީގެ ކުރިން ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ މުވައްޒަފަކު، ސެކިއުރިޓީ ޗެކު ކުރިވަގުތު ''ބަޑިއެއް އޮވެދާނެ'' ކަމަށް ބުނެގެން ވެސް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ. 27 ސެޕްޓެމްބަރު 2022 ގައި ހިނގި މިހާދިސާ ގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހް ހއ އަދި ހދ އަތޮޅަށް އެ ދުވަހު ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އެމަނިކުފާނު ދަތުރުކުރެއްވި ފްލައިޓް ހަނިމާދޫއަށް ޖައްސަން ކައިރިވެފައިވަނިކޮށް އެ ފްލައިޓަށް ޚިދުމަތްދޭ މުވައްޒަފުންގެ ބޮޑީ ސެކިއުރިޓީން ޗެކް ކުރިވަގުތު އެތަނުގެ މުވައްޒަފަކު އެހެން މުވައްޒަފަކު ޗެކްކުރަމުން ދަނިކޮށް ރަނގަޅަށް ޗެކްކުރުމަށާއި ބަޑިއެއް ވެސް އޮވެދާނެ ކަމަށް އެ މުވައްޒަފު (ހައްޔަރުކުރި މުވައްޒަފު) ބުނުމުން އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައެވެ.

އެ މައްސަލާގައި އެ ދުވަހު ފުލުހުން ބުނީ، ހަނިމާދޫ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގެ ''ރައްކާތެރިކަން ކޮމްޕްރަމައިސް ވާގޮތަށް'' އެތަނުގެ މުވައްޒަފެއްގެ ބަސްމަގު ހުރުމާއި ގުޅިގެން ސުވާލު ކުރުމަށް އޭނާ އެއިދާރާގެ ބެލުމުގެ ދަށަށް ގެންދިޔައީ ކަމަށެވެ. އަދި އޭނާ ވަނީ ސުވާލުކުރުމަށްފަހު ހަމަ އެދުވަހު ދޫކޮށްލާފައެވެ.

އޭނާ އެހެން އެދުވަހު ބުނީ ސަމާސައަށް ނަމަވެސް، ފްލައިޓް އޮޕަރޭޝަންސް ހިނގާ ސަރަހައްދުތަކުގައި ރައްކާތެރިކަމަށް ބުރޫއަރާ އެފަދަ މުއާމަލާތެއް ކުރުމަކީ ކުށެކެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި