ރިޖަށް 6.2 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސްގެ މެޓް އޮފީހުން ބުނެފިއެވެ.
ކާލްސްބާގު މިޑް އިންޑިއަން ރިޖަށް އައި ކަމަށް ރެކޯޑު ކުރެވުނު މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 5282 ކިލޯ މީޓަރު ދުރުންނެވެ.
ނަމަވެސް މި ބިންހެލުމުގެ އަސަރު ރާއްޖެއަށް ނުކުރާނެ ކަމަށް މެޓުން ބުނެއެވެ.
މިދިޔަ ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ވެސް ކާލްސްބާގު ރިޖަށް 5.6 މެގްނިޓިއުޑްގެ ބިންހެލުމެއް އައިސްފައިވާކަމަށް ރެކޯޑު ކުރެވުނެވެ. މި ބިންހެލުން އައީ އައްޑޫ ސީޓީ އާއި 894 ކިލޯ މީޓަރު ދުރުންނެވެ.
An earthquake of magnitude 6.2 occurred in Indian Ridge. pic.twitter.com/6aabUj2b8e
— Maldives Meteorology (@MetMaldives) January 20, 2024
މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭން ފެށިގެން 29 ވަނަ ދުވަހުގެ ހެނދުނާއި ހަމައަށް ވެސް ކާލްސްބާގު މިޑް އިންޑިއަން ރިޖަށް ހަތަރު ބިންހެލުމެއް އައި ކަމަށް ރެކޯޑު ކުރެވިފައި ވެއެވެ.
މީގެ ތެރެއިން އެންމެ ބާރުގަދައީ 5.5 މެގްނިޓިއުޑްގެ ބާރުމިނުގައި އައި ބިން ހެލުމެކެވެ. މި ބިންހެލުންތައް އައިސްފައި ވަނީ ވެސް އައްޑޫ ސީޓީ 900 އެއްހާ ކިލޯމިޓަދުރުން ނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!