އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާ ހޮޓްލައިނެއް ތަޢާރުފްކޮށް މިއަދު ބޭނުން ކުރަން ފަށައިފިއެވެ.
އެ ވުޒާރާގެ ކޯލް ސެންޓަރާއި ގުޅޭނެ އާ ހޮޓްލައިން ނަންބަރު އަކީ 1433 އެވެ.
މި ނަންބަރަކީ އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ދޭ ޚިދުމަތްތައް ލިބިގަތުމަށް އަދި އެއްވެސް މަޢުލޫމާތެއް ސާފު ކުރައްވަން ބޭނުންވާނަމަ ފަސޭހަކަމާއި، އަވަސްކަމާއެކު ޚިދުމަތް ލިބިގަތުމަށް ގުޅުއްވޭނެ ނަންބަރެއް ކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
''މިއަދުން ފެށިގެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 1:30އަށް މި ވުޒާރާގެ ކޯލްސެންޓަރުގެ ނަންބަރު 1433އިން ޚިދުމަތް ލިބިވަޑައިގަންނަވާނެ.'' އެ ވުޒާރާއިން ބުނެފަވެއެވެ.
މިއަދުން ފެށިގެން، ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 8:30އިން މެންދުރު 1:30އަށް މި ވުޒާރާގެ ކޯލްސެންޓަރުގެ ނަންބަރު 1433އިން ޚިދުމަތް ލިބިވަޑައިގަންނަވާނެ. pic.twitter.com/ZoJrQeMmDx
— Ministry of Social and Family Development (@MoSFDmv) January 7, 2024
މި ނަންބަރަށް ގުޅުމުން ފޯނަށް ޖަވާބު ނުދެވޭ ހާލަތްތަކުގައި، ވަކި ސިސްޓަމެއްގައި މަޢުލޫމާތު ރައްކާކުރެވި، ތަރުތީބުން، އެފަދަ ކޯލުތަކަށް ކޯލްސެންޓަރުން ޖަވާބުދާރީވަމުން ގެންދާނެކަމަށް އެ ވުޒާރާއިން ބުނެފަވެއެވެ.
އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން އާ ހޮޓްލައިނެއް ތަޢާރުފްކުރިއިރު، މިހާރު ވެސް އިޖުތިމާޢީ ޚިދުމަތްތަކާ ގުޅޭ ހެލްޕްލައިން (1414) އަދި ކުޑަކުދިންނަށް ޚާއްސަކޮށްފައިވާ ހެލްޕްލައިން (1412) އެ ވުޒާރާގައި ބޭނުން ކުރަމުންދެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!