އުއްތަމަ ފަނޑިޔާރު ހިމަނޭހެން ދައުލަތުގެ މުއައްސަސާތަކުގެ ބައެއް ވެރިންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފިއެވެ.
މިގޮތައް ފާސްކޮށްފައި ވަނީ އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމުގައެވެ.
މިގޮތުން ކޮމެޓީން ވަނީ އުއްތަމަ ފަނޑިޔާރުގެ މުސާރަ މަހަކު 91،000ރ. އަށް ބޮޑުކުރަން ނިންމާފައެވެ. އަދި މަރުކަޒީބޭންކް، އެމްއެމްއޭގެ ގަވަރުނަރުގެ މުސާރަ މަހަކު 74،000ރ. އަށް ބޮޑުކުރަން ވަނީ ފާސްކޮށްފައެވެ.
މީގެ އިތުރުން އޮޑިޓާ ޖެނެރަލާއި، ޕްރޮސެކިއުޓާ ޖެނެރަލްގެ ވެސް މަހު މުސާރައަކީ 74،000ރ. ކަމަށް ހަދަން ކޮމެޓީން ވަނީ ފާސްކޮށްފައެވެ.
އިއްޔެގެ މާލިއްޔަތުކޮމެޓީގެ ބައްދަލުވުމުގައި ވަނީ ރައީސް، ނައިބު ރައީސް، މަޖިލިސް މެންބަރުން، ވަޒީރުން، ސިޓީތަކުގެ މޭޔަރުންނާއި، ޑެޕިއުޓީ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުންނާއި އަދި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ވެސް ފާސްކޮށްފައެވެ.
މުސާރައަށް ގެންނަ ބަދަލުތައް ކޮމިޓީން ފާސްކުރީ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!