ރައީސް އާއި ނައިބު ރައީސް އަދި ވަޒީރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީން މިރޭ ފާސްކޮށްފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީ ކޮމެޓީން ފާސްކޮށްފައި ވަނީ ރައީސްގެ މުސާރަ މަހަކު 120،000ރ. އަށް ބޮޑުކުރާށެވެ. ރައީސަކަށް މިހާރު ކަނޑައަޅާފައިވާ މުސާރަ އަކީ 100،000 ރުފިޔާއެވެ.
ނައިބު ރައީސަކަށް މިހާރު ދެމުން އަންނަނީ މަހަކު 75،000ރ. އެވެ. މާލިއްޔަތު ކޮމެޓީން މިއަދު ފާސްކުރީ ނައިބު ރައީސްގެ މުސާރަ 93،000ރ. އަށް ބޮޑު ކުރުމަށެވެ.
ވަޒީރުންގެ މުސާރަ ބޮޑުކުރުމަށް މާލިއްޔަތު ކޮމެޓީން ނިންމާފައި ވަނީ ވަޒީރެއްގެ މުސާރަ މަހަކު 74،000ރ. އަށް ބޮޑުކުރުމަށެވެ. ވަޒީރެއްގެ މިހާރުގެ މުސާރައަކީ މަހަކު 66،000ރ. އެވެ.
މުސާރައަށް ގެންނަ ބަދަލުތައް ކޮމިޓީން ފާސްކުރީ މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަށް ހާޒިރުވެވަޑައިގަތް މެންބަރުންގެ އިއްތިފާގުންނެވެ.
މީގެ އިތުރުން ދައުލަތުގެ އެހެން ބައެއް އިދާރާތަކުގެ ވެރިންގެ މުސާރަ ވެސް ކޮމެޓީން ވަނީ ބޮޑުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!