ހދ. އަތޮޅު މަދަރުސާގެ މަލްޓިޕާޕަސް ހޯލް އަޅަން ހަވާލުކޮށްފި އެވެ.

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން މި މަސައްކަތް ހަވާލުކޮށްފައި ވަނީ ބަދަހި އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.

Ad
rt

މި މަސައްކަތް ހަވާލުކޮށްފައި ވަނީ 12,429,262.93 ރުފިޔާ އަށެވެ.

މި މަޝްރޫޢު ހަވާލުކޮށްފައި 400 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރި ރަސްމިއްޔާތުގައި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

ހދ. އަތޮޅު މަދަރުސާ ހުންނަނީ އެ އަތޮޅު ވައިކަރަދޫގައެވެ.