މަޖިލީހުގެ ނައިބު ރައީސް ނެތަސް މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަޖިލީހުގެ ރައީސް މުހައްމަދުު ނަޝީދު މަގާމުން ވަކިކުރުމަށް އެމަނިކުފާނުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްގެންދާ ޖަލްސާ ބޭއްވޭނެ ގޮތެއް ހޯދަން ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލައިގެ ހުކުމް މިއަދު އިއްވާފައިވާއިރު، މި މައްސަލަ އެމްޑީޕީން ސުޕްރީމް ކޯޓަށް ވެއްދީ މިދިޔަ އޮކްޓޯބަރު މަހުގެ 29 ވަނަ ދުވަހުއެވެ. ޖެހިގެން އޮކްޓޯބަރު 30 ވަނަ ދުވަހު ކޯޓުން ވަނީ މި މައްސަލަ ބަލައިގެންފައެވެ.

Ad
rt

މި މައްސަލައިގެ އަޑުއެހުންތައް ފެށީ ނޮވެމްބަރު 6 ވަނަ ދުވަހުއެވެ. އަދި މިއަދު ވަނީ މައްސަލައިގެ ހުކުމް އިއްވާފައެވެ.

''ރައްޔިތުންގެ މަޖިލިސްގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ކަނޑައަޅަން'' ފަނޑިޔާރު މަހާޒް އަލީ ޒާހިރު އިއްވެވި މި މައްސަލައިގެ ހުކުމްގަ ވެއެވެ.

މި މައްސަލާގައި ހުށަހެޅުނުކަންކަމަށް ރިޢާޔަތްކޮށް ޙުކުމްގައި ފާހަގަކޮށްފައިވާ ގޮތުގައި އެ މައްސަލައަކީ ސުޕްރީމް ކޯޓުގެ އަސްލީ އިހުތިސޯސުގައި ހިމެނޭ އެ ކޯޓަށް ބެލޭނެ މައްސަލައެކެވެ.

މަޖިލީހުގެ ރައީސްގެ އިތުބާރު ނެތް ގަރާރު ނުނިމުނަސް ގާނޫނު އަސާސީން ލާޒިމުކުރާ ކަންކަން ގެންދަން ޖެހޭނެކަން ވެސް މި ޙުކުމްގައި ފަހަގަކޮށްފައިވާއިރު، މަޖިލީހުގެ ރައީސް ވަކިކުރުމުގެ މައްސަލާގައި އެޖެންޑާކުރެވޭ ގަރާރު ހުށަހަޅާ ގޮތެއް ނިންމަން ތާވަލުކުރެވޭ އެއްވެސް ޖަލްސާއެއް ލަސްކުރަންޖެހޭ ޒަރޫރަތްތެރި ހާލަތެއް މެދުވެރިވި ނަމަވެސް ގާނޫނުއަސާސީންނާއި، ގާނޫނުންނާއި، ރައްޔިތުންގެ މަޖިލިސްގެ ގަވާއިދުގެ ދަށުން ލާޒިމްކުރާ އެހެނިހެންކަންކަން ކުރަން ޖެހޭނެ ކަމަށާއި، އެ މައްސަލާގައި އެފަދަ ޖަލްސާއެއްގައި މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބެލެހެއްޓޭނީ ހަމައެކަނި މަޖިލީހުގެ ނައިބު ރައީސަށް ކަމަށް މަޖިލީހުގެ އިދާރާއިން މަޖިލީހުގެ ގަވާއިދު މާނަކޮށްފައިވަނީ ރަނގަޅަށްނޫންކަމަށް ޙުކުމްގެ ބަޔާން އިއްވަވަމުން ފަނޑިޔާރު ފާހަގަ ކުރައްވާފަވެއެވެ.