ހއ. އަތޮޅުން ފެށިގެން ގއ. އަތޮޅާއި ދެމެދަށް ހުދު ސަމާލު ނެރެފިއެވެ.

ރާއްޖޭގެ މުސުމާއި ބެހޭ ގައުމީ އިދާރާ އިން މި ސަމާލު ނެރުއްވާފައިވަނީ މިއަދު މެންދުރު 2 ޖެހުމާއި ހަމައަށެވެ. އަދި އެ ވަގުތުތަކުގައި އެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހި، ގުގުރުން އެކަށީގެންވާ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

Ad
rt

މީގެ އިތުރުން ރާއްޖޭގެ ހުރިހައި ސަރަހައްދަކަށް ވެސް ވިއްސާރަ ކުރާނެ ކަމަށާއި އެހެންވެ، މޫސުމަށް ބަަލައިގެން ކަނޑުދަތުރު ރޭވުމަށް ވަނީ އެދިލަައްވާފައެވެ.

އިއްޔެ އިން ފެށިގެން ރާއްޖޭގެ އުތުރާއި މެދު ރާއްޖެ ތެރެއަށް ވިއްސާރަ ކުރަމުން އަންނައިރު، އިއްޔެ ވަނީ މާލެއަށް ވަރަށްބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވެފައެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވަނީ ދަތުރެއް ފެށުމުގެ ކުރިން މޫސުމާއި ބެހޭ އެންމްފަހުގެ މައުލޫމާތު ހޯދައި، އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ހަމަކުރައްވައިގެން ދަތުރަށް ފެއްޓުމަށް ވެސް އިލްތިމާސް ކުރައްވާފައެވެ.