ހދ.ކުޅުދުއްފުށި ގެއަކުން ސިމެންތި ކޮތަޅަކާއި ރޭނުމުގެ މަސައްކަތްކުރާ ސާމާނުތަކެއް ވަގަށްނެގި މައްސަލައެއް 11 ޑިސެންބަރު ވީ ބުދަ ފުލުހުންނަށް ލިބުމާއި ގުޅިގެން ހިންގި އޮޕްރޭޝަނެއްގައި 15 ޑިސެމްބަރު ވީ އާދިއްތަ ދުވަހު ކޯޓް އަމުރެއްގެ ދަށުން ވަނީ މީހަކު ހައްޔަރުކޮށްފައެވެ.

މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 20 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ފުލުހުން ވަނީ އެމީހާ ދިރިއުޅޭ ގޭ ބަލާ ފާސްކޮށް ވަގަށް ނަގާފައިވާ ތަކެތި ފޮރުވާފައި ހުއްޓާ ހޯދާފައެވެ.

Ad
rt

މި ކަމާއި ގުޅިގެން އެމީހާގެ ބަންދާއި މެދު ގޮތެއްނިންމުމަށް ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒްއިން ކަނޑައަޅާ ތަނެއްގައި ބެހެއްޓުމަށް 12 ދުވަހުގެ މުއްދަތެއްވަނީ ދީފައެވެ.

މީގެ އިތުރުން މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.