ކަނޑުދަތުރު ކުރައްވާ ފަރާތްތަކުން މިއަދު ވެސް މޫސުމަށް ސަމާލުވުމަށް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން އިލްތިމާސް ކުރައްވައިފއެވެ.

އެ އިދާރާ އިން ނެރެފައިވާ މޫސުމީ ބުލެޓިން ގައި ވިދާޅުވެފައިވަނީ އުތުރާއި މެދުރާއްޖޭގެ އެކި ހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން ވެސް އެކަށީގެންވާކަމަށެވެ.

Ad
rt

މިއަދުގެ އިރު އޮއްސުމާއި ހަމައަށް ރާއްޖޭގެ މޫސުން ލަފާކުރައްވާގޮތަށް ބަލައިލާ ނެރެފައިވާ ބުލެޓިންގައި އިތުރަށް ވަނީ އުތުރާއި މެދުރާއްޖެއަށް ވިއްސާރަނަމަވެސް ދެކުނުގެ މޫސުން އާންމުގޮތެއްގައި ރަނގަޅުވާނެ ކަމަށް ލަފާކުރައްވާފައެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށް ވެސް ބުލެޓިން ގައި ވެއެވެ.

މީގެ އިތުރުން ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ވެސް މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ލަފާކުރައްވާފައިވާއިރު، ހުރިހައި ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑުދަތުރަށް ފެށުމުގެ ކުރިން މޫސުމީ އެންމެފަހުގެ އަދާހަމަ ހޯއްދަވައިގެން ދަތުރުކުރެއްވުމަށް ވެސް އިލްތިމާސް ކުރައްވައެވެ.