"ކޮންޑެ ނަސްޓް" ޓްރެވެލް މެގެޒިންގައި ޝާއިއުކޮށްފައިވާ ފޮޓޯއަކީ ކޮންތަނެއްގެ ފޮޓޯއެއްކަން ދިމާކޮށްގެން ރާއްޖޭގެ ޖޭއޭ މަނަފަރު ރިސޯޓުގައި ދެ ރޭ ހުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ޑްރޯން އިން ނަގާފައިވާ މި ފޮޓޯއާ ބެހޭ ގޮތުން އެ މެގަޒިންގައި ބުނެފައިވަނީ މި އިމާރާތަކީ ފައިނޭންޝަލް މަސައްކަތް ކުރާ ހަބް ކަމަށެވެ، މި އިމާރާތް ހުންނަ ސަރަހައްދަކީ ގިނަ އޮފީސްތަކެއް ހުންނަ ސަރަހައްދެއްގެ އިތުރުން ފޮޓޯއިން ފެނިގެންދާ ދިގުއިމާރާތަކީ ދުނިޔޭގެ އެންމެ ދިގު އިމާރާތްތަކުން އިމާރާތެކެވެ. އަދި މި ސަރަހައްދުގައި އެންމެ ފެންވަރު ރަނގަޅު ބާރ ތަކާއި، ހޮޓެލް ތަކުގެ އިތުރުން ދާރުލް އާސަރުތައް ވެސް ހުރެއެވެ.

Ad
rt

އިތުރަށް މި މެގަޒިންއިން ދީފައިވާ ހިންޓުތަކުގެ ތެރޭގައި ބުނެފައިވަނީ މި ސަރަހައްދަކީ ހޮލީވުޑްގެ މަޝްހޫރު ބައެއް ފިލްމުތަކުންވެސް ފެނިފައިވާ ތަނެއް ކަމަށެވެ. އެގޮތުން މިޝަން އިމްޕޮސިބަލް3 އަދި ސްކައިފޯލް އިން ފެނިގެންގޮސްފައިވެއެވެ.

ގުރުއަތުލުމުގައި ބައިވެރިވުމަށް ރަނގަޅު ޖަވާބު whereareyou@condenast.in މެއިލް އަށް ފޮނުވައިގެން ބައިވެރިވެވޭނެއެވެ. މި ސުވާލުގެ ޖަވާބު2020 ވަނަ އަހަރުގެ ފެބްރުއަރީ މެގަޒިންގައި ޝާއިއު ކުރާނެއެވެ.