ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލަ ހައިކޯޓަށް ބަލައިގެންފި އެވެ.
ރައީސް ޔާމިންގެ މައްޗަށް އިއްވާފައިވާ ފަސްއަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހުށައެޅީ ނޮވެމްބަރު މަހުގެ30 ވަނަ ދުވަހުއެވެ.
މަނީ ލޯންޑްރިންނާއި ޓެރަރިޒަމްއަށް ފައިނޭސްކުރުން ހުއްޓުވުމުގެ ޤާނޫނުގެ 53 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ ށ ދަށުން، ރައީސް ޔާމިނަށް ހުކުމް ކޮށްފައިވަނީ ނޮވެމްބަރު މަހުގެ28 ވަނަ ދުވަހުއެވެ.
ކުރީގެ ރައީސް ޔާމިންގެ މައްޗަށް މަނީލޯންޑްރީގެ ކުށް ސާބިތުވެފައިވަނީ، އެމަނިކުފާނުގެ ވެރިކަމުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ގއ.ވޮޑަމުލާގެ ކުލީގެ ގޮތުގައި ދައުލަތަށް ލިބެން ޖެހޭ އެއް މިލިއަން އެމެރިކާ ޑޮލަރު ޔާމީންގެ އަމިލަފުޅު އެކައުންޓަށް ޖަމާކުރައްވައި، އެ ފައިސާ ލޯންޑަރ ކުރެއްވުމުގެ ކުށުގައެވެ. އެ ފައިސާގެ އަސްލު އޮޅުވާލެއްވުމަށް ޔާމީން މަސައްކަތްކުރެއްވިކަމުގެ ތުހުމަތުވެސް ދައުލަތުން ކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!