Skip to main content
Topic Archive

#ރަހީނު ކުރުމުގެ މައްސަލަތައް

11 Stories filed
ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު
Raajje

ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް ތުހުމަތުގައި ވަގަށް އުޅޭ ބިދޭސީއަކު ހައްޔަރު

ހުއްދަނޫން ގޮތުގައި މީހަކު ހިފަހައްޓާފައިވާ މައްސަލައެއްގައި، ރަހީނުކޮށްފައި ހުރި މީހަކު ސަލާމަތްކޮށް އެ މައްސަލައިގެ ތުހުމަތުގައި ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި ހާދިސާ ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ 19 ފެބްރުއަރީ 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 01:22 އެހައިކަންހާއިރުއެވެ. ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން އެ އިދާރާއިން ކުރި ތަހުގީގުގެ ތެރެއިން، ރަހީނުކޮށްފައި ހުރި މީހާ މާލޭގައި ހުރި ތަން ވަނީ ދެނެގަނެފައެވެ. ފުލުހުން އެތަނަށް ބާރުގެ ބޭނުންކޮށްގެން ވަދެ، ހިފަހައްޓާފައި ހުރި މީހާ...

ކާރެއް ތެރޭ މީހަކު ރަހީނުކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުން ދޫކޮށްލައިފި
Raajje

ކާރެއް ތެރޭ މީހަކު ރަހީނުކުރިކަމަށް ތުހުމަތުކޮށް ހައްޔަރުކުރި މީހުން ދޫކޮށްލައިފި

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލައެއްގެ ތުހުމަތުގައި ހައްޔަރު ކުރި ފަސް މީހުން ވެސް ދޫކޮށްލައިފިއެވެ. ފުލުހުން މިއަދު ބުނީ އެ ފަސް މީހުން ބަންދުގައި ބައިތިއްބަން ނުފެންނާތީ ދޫކޮށްލީ ކަމަށެވެ. މި މައްސަލާގައި ހދ. އތޮޅުގެ ރަށެއްގެ ދެ މީހުން ހައްޔަރުކޮށްފައިވާއިރު، އެމީހުންގެ ޢާއިލާއިން ބުނެފައި ވަނީ އެމީހުން ހައްޔަރުކުރީ މީހަކު ރަހީނުކޮށްގެން ނޫންކަމަށެވެ. އެމީހުންނާއި ޢާއިލީ މީހަކު ކަންހިނގިގޮތްކަމަށް ބުނެ މީސްމީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، މި އަންނަ ޑިސެމްބަރަށް އެމީހުން...

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރަށް
Raajje

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރަށް

ކާރެއް ތެރޭ މީހަކު ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ އެ މައްސަލާގައި އިތުރު ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ ހަތަރު މީހުންނަކީ – ހުސާމް އިބްރާހީމް، (34އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ – އާދަމް ޝަރީފް، (36އ)، ރަތްބަގީޗާގެ/ހދ.ކުމުންދޫ – ހުސައިން ހައިކަލް ނިޔާޒް، (23އ)، ގ. ކަޅަގާރިމާގެ – އަހްމަދު ރިޝްފާން، (26އ)، ހުޅުމާލެ ފްލެޓް ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި މި […]

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި
Raajje

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ކާރެއްގެ ތެރޭގައި މީހަކު ރަހީނުކުރުމަށްފަހު، އަނިޔާކޮށް، ބިރުދައްކައިގެން ފައިސާ އަތުލަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިއަދު ބުނީ މި ހާދިސާ ހިނގާފައި ވަނީ ރޭ ހުޅުމާލޭގައި ކަމަށެވެ.   ފުލުހުން ބުނީ ރޭ ހުޅުމާލޭ އޯކިޑްމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި، ދިވެހި ފިރިހެނަކު ރަހީނުކޮށް، ހިފަހައްޓައި، އަނިޔާކޮށް، ބިރުދެއްކި މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެ ޢަމަލު ހިންގިކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ ދަފްތަރު ނަމްބަރު 9022، ތޮލާލް މޫސާ އެވެ. ތޮލާލް މޫސާ ވަނީ، […]

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި
Raajje

އަތުހަރު ޝަރީއަތް ނިމެންދެން ބަންދު ކުރަން އަމުރުކޮށްފި

އަންހެނެއްގެ ކަރުގައި ވަޅި ޖައްސައިގެން ބިރުދެއްކުމާއި ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު (32) ޝަރީއަތް ނިމެންދެން ބަންދުކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. އަތުހަރުގެ ލޯބިވެރިޔާ ކަރުގައި ވަޅިޖައްސައި ރަހީނުކޮށް ސައިކަލުގައި ފިލަން މަސައްކަތް ކުރަނިކޮށް، އަންހެން މީހާ ސަލާމަތް ކުރުމަށް ފުލުހުން ހިންގި އޮޕަރޭޝަންގައި އޭނާ ބޮލުގައި މުގުރުން ޖެހުމުން އޭނާއަށް ލިބުނު އަނިޔާއަށް ބުރާސްފަތި ދުވަހުގެ ރޭ ފަރުވާދިނީ އޭޑީކޭ ހޮސްޕިޓަލުގައެވެ. އެ ހޮސްޕިޓަލުން...

މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި
Raajje

މީހަކު ރަހީނުކުރި މައްސަލައެއް، ތިން މީހަކު ހައްޔަރުކޮށްފި

މާލޭގައި މީހަކު ރަހީނުކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން ބުނީ، މާލޭގެ ގެއެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށްގެން ގެންގުޅުނު މައްސަލައެއް އިއްޔެގެ ވަގުތެއްގައި އެ އިދާރާއަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. މި މައްސަލައާއި ގުޅިގެން ތިން ދިވެހިން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ. ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ މީހަކާއި، 27 އަހަރުގެ މީހަކާއި އަދި 30 އަހަރުގެ މީހެކެވެ. މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން 10 ދުވަހަށް ބަންދުކުރުމަށް އަމުރު...

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލަ ފުލުހުން ބަލަނީ
Raajje

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލަ ފުލުހުން ބަލަނީ

ކޮއްޓެއްގައި ދެ މީހަކު ރަހީނުކުރި މައްސަލައެއް ބަލަމުން އަންނަކަމަށް ފުލުހުން ބުނެފިއެވެ. މީސްމީޑިއާގައި ވަނީ ދެ މީހަކު ދޫނިކޮށްޓެއްގައި ރަހީނުކޮށްފައި ތިބޭ މަންޒަރު ފެންނަ ވީޑިއޯތަކެއް އާންމުވެފައެވެ. އެ ވީޑިއޯތަކުގައި ދެ މީހަކު ދޫނިކޮށްޓެއްގައި ބަންދުކޮށްފައި ތިބޭއިރު، ފައިސާގެ މުއާމަލާތެއްގެ ވާހަކަ ދައްކާ އަޑު އެއް ވީޑިއޯއިން އިވެއެވެ. ޓިކްޓޮކްގައި އާންމުކޮށްފައިވާ މި ދެ ވީޑިއޯތަކުގައި ކޮށީގައި ހުންނަ އެކަކު ފައިސާ ހޯދައިދޭނެކަމުގެ ޔަގީންކަން ދޭ އަޑުވެސް އިވެއެވެ. ފުލުހުން މިއަދު ބުނީ އެ ވީޑި...

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!
Raajje

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލުމުގައި ބައިވެރިވި 3 މީހުން ބަންދަށް!

މާލޭގައި މީހަކު ރަހީނުކޮށް އިނގިއްޔެއް ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ތިން ފިރިހެނުން ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރު ކުރީ 18 އަހަރުގެ ދިވެހި ޒުވާނަކާއި 21 އަހަރުގެ ޒުވާނަކާއި 23 އަހަރުގެ ޒުވާނެކެވެ. މި ތިން މީހުން ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ޖުލައި ތިން ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ގެންދިއުމުން އެ ތިން މީހުންގެ ބަންދަށްވެސް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފައެވެ. އަދި އެމީހުންގެ ބަންދާ މެދު ގޮތެއް […]

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ރަހީނުކޮށްފި
Raajje

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ރަހީނުކޮށްފި

މާލޭ ގެސްޓް ހައުސްއެއްގައި ބިދޭސީއަކު ބަންދުކޮށްފައި ހުރި މައްސަލައެއް ފެންމަތިވެއްޖެއެވެ. އެއީ ނޭޕާލު މީހެކެވެ. އެމީހާ ބަންދުކޮށްގެން ގެންގުޅެނީ މާފަންނުގައި ހުންނަ ގެސްޓް ހައުސްއެއްގައެވެ. ފުލުހުން ބުނީ، މާލޭގެ މާފަންނު ގައި ހުންނަ ގެސްޓް ހައުސްއެއްގައި ނޭޕާލު މީހަކު ބަންދުކޮށްގެން ގެންގުޅޭ މައްސަލައެއް އެ އިދާރާ އަށް ހުށަހެޅިފައިވާ ކަމަށެވެ. އެ މައްސަލާގައި، އެ ގެސްޓް ހައުސްގައި ފުލުހުން ހަރަކާތްތެރިވެ، އެމީހާ ސަލާމަތްކޮށްފައިވާއިރު، އެމީހާގެ ހާލު ރަނގަޅުކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެމީހ...

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި
Raajje

މީހަކު ރަހީނުކޮށް އަނިޔާކުރި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފި

މީހަކު ރަހީނުކޮށް މާރާމާރީ ހިންގި މައްސަލައެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ. ފުލުހުން މިރޭ ބުނިގޮތުގައި މި މައްސަލާގައި ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައި ވަނީ ތިން ދިވެހި ފިރިހެނުންނެވެ. މި މައްސަލާގައި މި ތިން މީހުން ވެސް ހައްޔަރުކޮށްފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި މައްސަލާގައި ހައްޔަރުކޮށްފައި ވަނީ އުމުރުން 25 އަހަރާއި، 26 އަހަރާއި އަދި 27 އަހަރުގެ މީހެކެވެ. މި މީހުން ބަންދާމެދު ގޮތެއް ނިންމަން އިއްޔެ ކޯޓަށް ގެންދިޔުމުން އުމުރުން 25 […]

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި
Raajje

މާލޭ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފި

މާލޭގެ ގެއެއްގައި ރަހީނުކޮށްފައި ތިބި ތިން ދިވެހިން ސަލާމަތްކޮށްފިއެވެ. ފުލުހުންގެ ޚިދުމަތުން މިއަދު ވިދާޅުވީ، މާލޭގެ ގެއެއްގައި ބަޔަކު ރަހީނުކޮށްފައިވާ ކަމަށް މިއަދު ލިބުނު މަޢުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ދިވެހިން ސަލާމަތްކޮށްފައިވާ ކަމަށެވެ. އެ މީހުން ރަހީނުކޮށްފައި ތިބި ގެޔަށް ފުލުހުން ވަދެފައި ވަނީ ބާރުގެ ބޭނުން ކޮށްގެންނެވެ. ”އެ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާ ކޮށްފައި، ޑޮކްޓަރަށް ދެއްކުމަށް އެމީހުން މިހާރު ވަނީ އައިޖީއެމްއެޗަށް ގެންގޮސްފައި” ފުލުހުން ވިދާޅުވިއެވެ. ފު...