މިސަރުކާރު ނިމުކަކަށް ގެނައުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓަރީގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރުގެ މަގާމުން ވަކިކުރެއްވި އަލީ ހާޝިމް (ސްމިތް) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުމުން އުފައްދާ ދަ ޑިމޮކްރެސް އަށް ސޮއިކުރުމުން، އޭނާ އަދާ ކުރައްވަމުން ގެންދެވި މަގާމުން ވަކި ކުރުމާއި ގުޅިގެންނެވެ.

Ad
rt

ސްމިތް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ އިސްލާހީ މަސަކަތުގައި އަބަދު ވެސް އުޅެނީ ހުސްއަތާ ކަމަށާއި ސިޔާސީ މަގާމަކަށްޓަކާ މީހަކު ޖަހާހާ ބެރަކަށް ނުނަށާނެ ކަމަށެވެ.

ސްމިތު މަގާމުން ވަކި ކުރުމާއި ގުޅިގެން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ސްމިތް ގެ ގަދަ ހިތްވަރާ، މަޖާ މިޒާޖަކީ މުޅި އެމްޑީޕީގެ އެންމެބޮޑު އެއް ރަމްޒު ކަމަށެވެ. އަދި އޭނާއަކީ ވެސް އެހެން ޒުވާނުން ފަދައިން އަނިޔާވެރިކަމާއި ދެކޮޅަށް ނުކުމެ، މި ސަރުކާރު ގެނައުމަށް ވަރަށް މަސައްކަތްކުރި ގަދަ ޒުވާނެއް ކަމަށެވެ.

މީގެ އިތުރުން ސްމިތްގެ ހިތްވަރު ދެންއަދި މާގަދަވާނެކަން ޔަގީން ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

އެމްޑީޕީގެ ސްލޮޓްތަކުގައި ސަރުކާރުގެ ސިޔާސީ މަގާމްތަކުގައި ތިބެ، އަލަށް އުފައްދާ ދަ ޑިމޮކްރެޓްސްއަށް ސޮއިކުރި ބަޔަކު އެމްޑީޕީން އެދިގެން އަންނަނީ މަގާމްތަކުން ވަކިކުރަމުންނެވެ.