ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް އަނިޔާވެއްޖެއެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވިގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދެއެއްގެ ނިރޮޅު މަގުގައެވެ.

Ad
rt

ޕިކަޕަކާއި ސައިކަލެއް ޖެހިގެން ހިނގި މި އެކްސިޑެންޓާގުޅިގެން އެކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހަޅާފައި ވަނީ މިއަދު 15:17 ހާއިރުއެވެ.

''މިއެކްސިޑެންޓްގައި 20 އަހަރުގެ މީހަކަށް އަނިޔާވެފައިވޭ، އެމީހާއަށް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން'' ފުލުހުން ވިދާޅުވިއެވެ.

މި އެކްސިޑެންޓާއި ގުޅިގެން ބައްލަވަންޖެހޭ ކަންކަން ބައްލަވަމުން އަންނަކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.