މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގެ ވަގުތީ ލީޑަރު؛ ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލަ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)އިން މިއަދު ވަނީ ނިންމާފައެވެ.

Ad
rt

އެ ނިންމުމަށް އިޝާރާތް ކުރައްވަމުން އަދުރޭ ވިދާޅުވީ، މިއަދަކީ ދިވެހި ގައުމުދުށް އެންމެ ކަޅު ދުވަސް ކަމަށެވެ.

“ދިވެހި ރާއްޖޭގެ ތާރީޚު ލިޔާންފެށީއްސުރެ މިއަދާ ހަމައަށް ރައީސް އިބްރާހިމަށްވުރެ ގައުމާ ރައްޔިތުންނަށް ޣަދާރުވެރިވި ވެރިޔަކު ތާރީޚު ދެކެފައެއްނެތް” އަދުރޭ ވިދާޅުވެފަވެއެވެ.

އަދުރޭ ވިދާޅުވީ، އިޓްލޮސްއިން ހުކުމްކުރީ ދިވެހިން ބޭނުންވާގޮތަކަށްނޫން ކަމަށެވެ. އަދި އެއީ “ގައުމުގެ ޣައްދާރުން ބޭނުންވިގޮތް” ކަމަށް ވިދާޅުވެފަވެއެވެ.