ކައުންސިލަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ނެގުމާއި މެދު ޔާސިރާއި ރާއީވެސް ދެކޮޅުކަމަށް ހާމަކޮށްފިއެވެ.

މިކަމާއި ދެކޮޅުކަން ހާމަކުރައްވަމުން ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ޔާސިރު ލަތީފް "މަޖިލީހުން ނަގާ ވޯޓަކުން ކައުންސިލަރުއިން ވަކިކުރެވޭ ގޮތް ހަދަނީ" މިސުރުހީގެ ދަށުން އޮތް ހަބަރެއްގެ ފޮޓޯ ހިމަނުއްވާ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ އެބޭފުޅާއަށް ފެންނަ ގޮތުގައި މިއީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.

Ad
rt

މިކަމާއި ގުޅިގެން ތިލަދުންއަށް މަޢުލޫމާތު ދެއްވަމުން ޔާސިރު އިތުރަށް ވިދާޅުވީ މަޖިލިސް އިން ކައުންސިލް މެމްބެރުން އިމްޕެޗް ކުރުމަކީ ބަލައި ގަނެވޭނެ ކަމެއް ނޫންކަމަށާއި ކުޅުދުއްފުށި މެމްބެރެއްގެ ހައިސިއްތަކުން ދިއްދޫ ނުވަތަ ހިތަދޫ ކައުންސިލް މެމްބެރެއް ވަކި ކުރަން ވޯޓް ދޭނެ ގޮތެއް ނޭންގޭކަމަށެވެ.

އަޅުގަނޑުގެ ދާއިރާއެއް ނޫން އެ އެއީ، ރައީސް އިމްޕެޗް ކުރުމާ ފަންޑިޔާރުން އިމްޕެޗް ކުރުމާއި މިކަމާ ތަފާތު. ރައީސުލް ޖުމްހޫރިއްޔާއެއް ހޮވަނީ ވެސް އެންމެން ގެ ވޯޓް އިން. އެހެން ނަމަވެސް، ކައުންސިލް މެންބަރުން ވެސް އިމްޕެޗް ކުރެވޭނެ ގޮތެއް އޮތުމަކީ ގޯހެއް ނޫން، އެކަމަކު އެީ މަޖްލިސް އަކުން ނޫން. މަޖިލިސް އިން މިކަން ކުރަން ވެއްޖެ ނަމަ އެ އިރެއް ގެ މަޖޯރިޓީ އޮންނަ ކައުންސިލް މެމްބަރުންނަށް ހިތު ހުރި ގޮތަކަށް ކަން ކުރުމުގެ ފުރުސަތު އިތުރަށް ބޮޑު ވެގެން ގޮސް ދާނެ ކަމުގެ ބިރު ވެސް ބޮޑު

ޔާސިރު ވިދާޅުވިއެވެ.

މީގެ އިތުރުން ޔާސިރު ވިދާޅުވީ އެކަމަކު ކަައުންސިލް މެމްބަރެއް ވިޔަސް މަޖިލިސް މެންބަރެއް ވިޔަސް އިމްޕެޗް ކުރަން އުސޫލެއް ހަދާ އިރު ވަރަށް ގިނަ ކަންތަކަށް ވިސްނަން ޖެހޭނެ ކަމަށާއި ހަރުދަނާ އުސޫލް ތަކުގެ އިތުރުން ދަޢުލަތުގެ ޚަރަދަށް އައްނާނެ ބަދަލު ވެސް ވިސްނަން ޖެހޭނެ ކަމަށް ޔާސިރު ވިދާޅުވިއެވެ.

ޔާސިރު މިހެން ބުނެފައިވާއިރު މަކުނުދޫ ދާއިރާގެ މެންބަރު މުޙައްމަދު ރާއީވެސްވަނީ މިކަމާއި ދެކޮޅުކަން ހާމަކޮށްފައެވެ. އެގޮތުން ރާއީ ކުރެއްވި ޓުވީޓެއްގައި ބުނެފައިވަނީ

"މިއީ އަޅުގަނޑު ގަބޫލު ކުރާ ހަމަ އެ ނޫން، ބާރު ތައް ފެށިގެން އައްނަނީ ރައްޔިތުންގެ ކިބައިން، އެބާރު ތައް ނިގުޅައިގަނެވޭނީ ވެސް އެ ރައްޔިތުން ނަށެވެ."

ރާއީ ކުރެއްވި ޓުވީޓުގައި ބުނެފައި ވެއެވެ.