ހދ. ނާގޯށި ތަރައްޤީ ކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅުގެ ތެރޭގައި ފެށިގެން ދާނެ ކަމަށް މޯލްޑިވްސް ޓޫރިޒަމް ޑެވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އިން ވިދާޅުވެއްޖެއެވެ.

އެމްޓީޑީސީގެ މެނޭޖިންގ ޑިރެކްޓަރ ތަޒްމީލް އަބްދުއްސަމަދު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގުރާމްގައި ވާހަކަދައްކަވަމުން ނެވެ.

Ad
rt

ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ނާގޯށިގެ މަސައްކަތް އަންނަ އަހަރުގެ ކުރީ ކޮޅު ފެށުމަށް ހަމަޖެހިފައިވާ އިރު، އެ ރަށުގެ މަސައްކަތް އެއްކޮށް ނިންމާލެވޭ ވަރުވާނެ ކަމަށް ލަފާކުރެވެނީ މަސައްކަތް ފަށާތާ 2 ނުވަތަ 3 އަހަރު ދުވަހުގެ ތެރޭގައިކަމަށެވެ.

މި ރަށް ތަރައްޤީ ކުރައްވާނީ 2 ޕާޓީ އެއްގެ ހިއްސާ އޮވެގެން، މަދުވެގެން ކުންފުންޏަށް 15 އިންސައްތަ ހިއްސާއެއް އޮވެގެން، ކުންފުނީގެ ޢާމްދަނީވެސް ބޮޑުތަން އިތުރުވެގެންދާނެ

ތަޒްމީލް ވިދާޅުވިއެވެ.

އެ ބޭފުޅާ ސިފަ ކުރައްވާ ގޮތުގައި ނާގޯށި އަކީ، ހދ އަތޮޅުގެ ޓޫރިޒަމް ސިނާޢަތް ކުރިއެވުމަށް އޮތް އުންމީދީ ޕްރޮޖެކްޓްއެކެވެ.

މި ރަށް އެއްކޮށް ނިމޭ އިރު، ރާއްޖޭގެ ބޮޑެތި ރިސޯޓުތަކުގެ ތެރޭގައި ގުނާލެވޭނެކަމަށާއި އަދި މި ވަގުތު، މި ފަދަ ރަށްތަކާއި މެދު އެމްޓީޑީސީއިން ގެންގުޅުއްވާ އައު ސިޔާސަތުތައް ހާމަކުރައްވަމުން އެ ބޭފުޅާ ވިދާޅުވެފައިވަނީ، ކުރިން ކުންފުނީގެ ރަށްތައް ކުއްޔަށް ދީގެން ކުލިން މަންފާ ލިބޭގޮތަށް އޮތް އޮތުން ބަދަލުކޮށް، މިހާރު ރަށްތަށް ތަރައްޤީ ކުރައްވަނީ ޖޮއިންޓް ވެންޗަރ އެއްގެ ގޮތުގައި ކަމަށެވެ. އަދި މި ގޮތަށް ކަންކުރެއްވުމުން، ކުންފުނީގެ ދައުރު އެ ރަށުގައި އޮތުމާއި އެކު، ކުންފުންޏަށް ލިބޭ ޢާމްދަނީވެސް އިތުރުވެގެންދާނެއެވެ،

2007 ވަނަ އަހަރު މި ރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ފެށިފައިވީ ނަމަވެސް، އެ މަސައްކަތް އޭރު ވަނީ ހުއްޓިފައެވެ.

ނާގޯށީގެ މަސައްކަތް ހުއްޓިފައި އޮތުމަށް ފަހު އަލުން ފެށުމަށް ލީސް އެގްރިމެންޓއްގައި އެމްޓީޑީސީ އާއި އެކު ސޮއިކޮށްފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 2 ވަނަ ދުވަހު އެވެ. މި އެގްރީމެންޓުގައިވާގޮތުން ރިސޯޓު ނިންމާ 36 ހަމަސް (3 އަހަރު) ދުވަސް ތެރޭގައި ހުޅުވަން ޖެހެ އެވެ.

2007 ވަނަ އަހަރު އެމްޓީޑީސީއަށް ދޫކޮށްފައިވާ ހދ. ނާގޯށީގައި ރިސޯޓު ހެދުމަށް އެކުންފުނިން ވަނީ، ތްރީކޭ އިންޓަނޭޝަނަލް ކިޔާ ކުންފުންޏަކަށް އެ ރަށް ސަބްލީޒް ކޮށްފައެވެ.

ރިސޯޓު ތަރައްގީކުރުމަށް މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެމްޓީޑީސީ)އަށް ސަރުކާރުން ދީފައިވާ ހދ. ނާގޯށީގެ މަސައްކަތް ނުނިމި، ދިގުލައިގެން ދާތީ އެ ރަށް އެމްޓީޑީސީގެ ދަށުން ވަކިކޮށް، އަމިއްލަ އިންވެސްޓަރަކާ ހަވާލުކުރަން ނިންމައިފައިވަނީ 2016 ވަނައަހަރުގެ އޮކްޓޫބަރ މަހު އެވެ.

ހދ. ނާގޯށި ތަރައްގީ ކުރުމުގެ މަސައްކަތް ސަރުކާރުން 2017 ވަނަ އަހަރުގެ އޮގަސްޓްމަހު 17 ވަނަދުވަހު މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) އާއި ހަވާލުކޮށްފައިވާކަމަށް 2017 ވަނަ އަހަރު ނޫސްތަކުން ރިޕޯޓްކޮށްފައި އެބަހުއްޓެވެ.

ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްޓީޑީސީ އަށް ހދ. ނާގޯށި ދޫކޮށްފައިވަނީ 2006 ވަނަ އަހަރެވެ. އެރަށުގައި ތަރައްގީ ކުރަނީ 600 އެނދުގެ ރިސޯޓެވެ. ރަށް ތަރައްގީ ކުރުމަށް ސަބްލީޒް ކޮށްފައިވަނީ ދިވެހި ކުންފުންޏެއް ކަމަށްވާ ތްރީ ކޭ އިންޓަނޭޝަނަލައާ އެވެ. ނާގޯށި ރިސޯޓު ހިންގުމުގެ އެއްބަސްވުމެއްގައި އެމެރިކާގެ ހޮޓެލް ޗެއިން ކާލްސަންއާ އެކު ތްރީ ކޭ އިން ހަވާލުކޮށްފައިވަނީ 2011 ވަނަ އަހަރު އެވެ. އަދި އެ ކުންފުނިން ކުރިން ބުނެފައިވަނީ 2012 ގައި އެ ރިސޯޓް ހުޅުވޭނެ ކަމަށެވެ. އަދި އޭގެ ފަހުން މިއަހަރު އެރަށް ހުޅުވާނެ ކަމަށް އެމްޓީޑީސީން ބުނެފައިވެ އެވެ.