ހުޅުމާލެ ހޮސްޕިޓަލުން ހުޅުމާލެ ހިޔާގެ 16 ވަނަ ޓަވަރުގައި ޤާއިމްކުރި، ޖެނެރަލް ޕްރެކްޓިކްސް ކްލިނިކް މިއަދު ހުޅުވައިފިއެވެ.

މިކްލިނިކް ހުޅުވުމަށް މިއަދު ހަވީރު ހުޅުމާލެ ފޭސް 2 ގެ ހިޔާ ސަރަޙައްދުގައި ބޭއްވި ރަސްމިއްޔާތުގައި މި ކްލިނިކް ހުޅުއްވައިދެއްވީ ނައިބު ރައީސް ޞަލް ނަސީމެވެ.

Ad
rt

މި ކްލިނިކް ހުޅުއްވައި ދެއްވުމަށް ފަހު، ނައިބު ރައީސް ފައިސަލް ވަނީ، މި ކްލިނިކްގެ ޔުނިޓްތައް ބައްލަވާލައްވައި، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތްތައް އޮޅުންފިލުއްވާފައެވެ.

ހިޔާގެ 16 ވަނަ ޓަވަރުގެ ގްރައުންޑް ފްލޯގައި ޤާއިމްކޮށްފައިވާ، ހުޅުމާލެ ހޮސްޕިޓަލްގެ ޖެނެރަޕް ޕްރެކްޓިސް ޔުނިޓުން އާންމު ބަލިތަކުގެ ޑޮކްޓަރުން ބަލިމީހުން ބައްލަވައި ފަރުވާދޭގޮތަށް ހަމަޖެހިފައިވާއިރު، މި ކްލިނިކުން ލެބޯޓްރީގެ ޚިދުމަތާއި، ބޭސްއެޅުމާއި، އިންޖެކްޝަން ޖެހުން އަދި ނެބިއުލައިޒް ކުރުމާއި، އީ.ސީ.ޖީ ހެދުން އަދި ކުޑަކުދިންގެ ހެދިބޮޑުވުން ބެލުމާއި ވެކްސިންޖެހުމުގެ ޚިދުމަތް ވެސް ދޭނެއެވެ.

މީގެ އިތުރުން މިކްލިނިކުގައި އެސްޓީއޯގެ ބޭސްފިހާރައެއް ވެސް ޤާއިމްކޮށްފައިވެއެވެ.

މި ކްލިނިކުން ޚިދުމަތްދެމުން ގެންދާނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00އިން ހަވީރު 5:00 އަށެވެ.