ރާއްޖޭގެ މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބުދުއްލަތީފް ވިދާޅުވެއްޖެއެވެ.

ޔާސިރު މިހެން ވިދާޅުވީ، ރާއްޖޭގެ މަސްވެރިންގެ ދުވަހުގެ ތަހުނިޔާ އެންމެހާ މަސްވެރި އާއިލާތަކަށް ފޮނުއްވަމުން މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

Ad
rt

ޔާސިރު ވިދާޅުވީ، އުތުރުގެ މަސްވެރިކަން ކުރިނާރާ ވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން ކަމަށެވެ. އަދި މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިސޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ ކަމަށް ވިދާޅުވެފަވެއެވެ.

''އުތުރުގެ މަސްވެރިކަން ކުރިނާރާ މިވަނީ ބާނާ މަސްކޮޅު ވިއްކޭނެ މަގެއް ނުދެއްކުމުން. މާޒީގައި ވެރިން ކަންތައް ކޮށްފައިވަނީ އުތުރުގެ ރައްޔިތުންނަށް ހުރި ހުރިހާ އިޤްތިޞޯދީ ދޮރުތަކުގައި ޗޭނު ޖަހައިގެން ތިބެ.'' ޔާސިރު ވިދާޅުވެފައި ވެއެވެ.

މިއަދަކީ ރާއްޖޭގެ މަސްވެރިންގެ ދުވަހެވެ. ރާއްޖޭގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރަމުން އަންނަނީ ކޮންމެ އަހަރެއްގެ ވެސް ޑިސެމްބަރު 10 ވަނަ ދުވަހުއެވެ.

މިއަހަރު ރާއްޖޭގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ސަރުކާރުން ފާހަގަކުރަމުން ދަނީ ގދ. ފަރެސްމާތޮޑާގައިއެވެ.