ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ ހިމާޔަތް ކުރުމުގެ ޕްރޮގްރާމެއްގެ ދަށުން ކޮންމެ އަތޮޅެއްގައި މަދުވެގެން އެއް ރަށާއި، އެއް ފަރާއި، އެއް ކަނޑޫފާ ރައްކާތެރިކުރުމަކީ ރައީސް ސޯލިހު ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.

އެ ވައުދާ އެއްގޮތަށް ބޮޑު ތިލަދުންމަތިން ފާހަގަ ކުރެވޭ 11 ސަރަހައްދެއް ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައެޅުއްވުމަށް ރައީސް ނިންމެވީ ޖޫން މަހުގެ 12 ވަނަދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި އެކަމާ މަޝްވަރާ ކުރެއްވުމަށްފަހު އެވެ. މި ސަރަހައްދުތައް ކަނޑައެޅުމުގައި ބަލާފައިވަނީ އެންވަޔަރަންމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ބަލަހައްޓަމުންދާ، ތިމާވެށީގެ ގޮތުން ހާއްސަ ސިފަތައް ލިބިގެންވާ ސަރަހައްދުތަކުގެ ލިސްޓާއި، ޒަމާނުއްސުރެ މީހުންގެ ފަރާތުން ވާރުތަވަމުން އައިސްފައިވާ މައުލޫމާތު (ޓްރެޑިޝަނަލް ނޮލެޖް) އާއި މިހާރަށް ލިބެންހުރި ދިރާސާ ރިޕޯޓްތަކާއި މަސްވެރިންނާއި ދަނޑުވެރިންނާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ތިމާވެށީގެ ދާއިރާގެ ތަޖުރިބާކާރުންގެ ފަރާތުން ލިބިފައިވާ މައުލޫމާތަށެވެ.

Ad
d

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 93/4) ގެ 4 ވަނަ މާއްދާގެ ދަށުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިދޭ ބާރުގެ ދަށުން 17 ޖޫން 2019 އިން ފެށިގެން ހއ. ކެލާ ކަނޑޫފާ ސަރަހައްދަކީ ޙިމާޔަތްކޮށްފައިވާ ސަރަހައްދެއްކަމަށް ވަނީ ކަނޑައަޅާފައެވެ. ”ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދެއް“ މިސިލްސިލާގެ ދަށުން ބޮޑު ތިލަދުންމަތިން ޙިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގެ ތެރެއިން ހއ. ކެލާ ކަނޑޫފާ ސަރަހައްދާއި ބެހޭ މަޢުލޫމާތު ހިއްސާކޮށްލާނަމެވެ.

ށ. ޙިމާޔަތްކުރާ ސަރަހައްދުގެ އިންތަކާއި މިންތައް އަދި ޒޯނޭޝަންގެ ތަފްޞީލު:

ގުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ތަނެއްކަމުގައި ކަނޑައެޅުނު ސަބަބުތަކާއި މިތަނުގެ ޚާއްޞަ ސިފަތައް ކެލާއަކީ ހއ. އަތޮޅުގެ އެންމެ އުތުރު ބިތުގައިވާ ރާއްޖޭގެ އެންމެ އުތުރުން ޗަސްބިން ފެންނަ ރަށްތަކުގެ ތެރެއިން ރަށެކެވެ. މުޅި ރަށުގެ ބޮޑުމިނުގައި 212 ހެކްޓަރ ހުންނަ އިރު ރަށުގައި އުފެދިފައިވާ ޗަސްބިމުގެ ބޮޑުމިނުގައި 22 ހެޓަރ ހުރެއެވެ. މިސަރަހައްދަކީ ރާއްޖޭގެ ނިސްބަތުން އެންމެ ގިނަ ޢަދަދަކަށް ކަނޑޫގަސް ފެންނަ ސަރަހައްދެވެ. މި ޗަސްބިމަކީ ޤުދުރަތީގޮތުން ޚާއްސަ މުއްސަނދިކަމެއް ލިބިފައިވާ، ރަށުގެ ތާރީޚާއި ގުޅުން ހުރި ޗަސްބިމެކެވެ. މިގޮތުން، މިރަށުގެ ކަނޑޫފަލުން ލިބެންހުރި ކަނޑޫ، ދެވަނަ ބޮޑުހަނގުރާމައިގައި ރާއްޖެއަށް ކުރިމަތިވި "ބޮޑުތަދު" ގައި ކެލާ އަދި ކައިރީގައިވާ ރަށްތަކުން ކާނާގެ ގޮތުގައި ބޭނުންކުރިއެވެ. މި ކަމުގެ ސަބަބުން ރާއްޖޭގެ އެހެން ރަށްތަކާއި އަޅާ ބަލާއިރު ކެލާއާ، އިންވެގެން ހުރި ރަށްތަކަށް ކާނާގެ ރައްކާތެރިކަން ކަށަވަރުވެފައިވިއެވެ. މިހާރު ވެސް މަދުމަދުން ކަނޑޫ ކެއުމަށް ބޭނުން ކުރަމުން ދެއެވެ. މީގެ އިތުރުން ކެލާ ޗަސްބިމުގައި ވަރަށް ބިޔަކޮށް ހެދިފައިވާ، 50 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ކުއްޅަވައްގަހެއް ވާކަން ފާހަގަކުރެވެއެވެ. ވަޒަންވެރިވެގެން އުޅޭ އަދި ހިޖުރަކުރާ ދޫނި މިސަރަހައްދުން ގިނަ ޢަދަދަކަށް ފެނެއެވެ. މިގޮތުން ކުޅީކުކުޅުގެ ބޮޑު އާބާދީއެއް މިސަރަހައްދުގައި ވަޒަންވެރިވެގެން ދިރިއުޅެއެވެ. މީގެ އިތުރުން ދިވެހިރާއްޖޭގައި ޙިމާޔަތްކުރެވިފައިވާ ދޫނިތަކުގެ ތެރެއިން މާކަނާ، އިރުވާހުދު، ކަނބިލި، ރާބޮނދި އަދި ކޮވެލި މިސަރަހައްދުގައި ދިރިއުޅެއެވެ.

ޤުދުރަތީ އަދި ޠަބަޢީގޮތުގައި ރައްކައުތެރިކޮށް ދަމަހައްޓާ ގިންތި
ގިންތި 7 :ޕްރޮޓެކްޓެޑް އޭރިއަރ ވިތު ސަސްޓެއިނަބަލް ޔޫޒް

މި ސަރަހައްދުގައި ކުރުން މަނާ ކަންކަން:
1 .ދޫނިސޫފާ ސޫފި ހިފުމާއި ނެގުމާއި މެރުން އަދި މިފަދަ ދިރުންތަކުގެ ބިސް ނެގުމާއި ހާއްޔަށް ގެއްލުން ދިނުން
2 .ކުނި އެޅުން
3 .ކަޅުފަސް ނުވަތަ ދޮންފަސް ނެގުން
4 .އެކުއާ ކަލްޗަރ / މެރިކަލްޗަރ ގެ މަސައްކަތްކުރުން
5 .ގަސް ގަހާއި ގެހި ކެނޑުން، އުފުރުން، ގެއްލުންދިނުން
6 .ރަށުން ބޭރުން ގެނެސްގެން އެއްވެސް ބާވަތެއްގެ ގަހެއް/އޮށެއް އިންދުން
7 .އެއްވެސް ބާވަތެއްގެ ދިރުމެއް ތަޢާރަފުކުރުން
8 .ހިއްކުމާ ފުންކުރުމުގެ އެއްވެސް މަސައްކަތެއްކުރުން
9 .އަލިފާން ރޯކުރުމާއި އެންދުން

ކަނޑައެޅިފައިވާ އުސޫލެއްގެ ދަށުން ޚާއްސަ ހުއްދައަކާއިއެކު ކުރުން ހުއްދަ ކަންކަން:

1 .ދިރާސާ ކުރުން
2 .ހިކިފަން، ކާށި، ދަރު، މަދު ހޮވުން
3 .ކުޅި، ފާ، ޗަސްބިމުގައި ހެދޭ ގަސްގަހާގެހިން އެއްޗެހި ބިނުން، ކެނޑުން ނުވަތަ އުފުރުން
4 .ލަކުޑިއާއި ދަނޑި ކެނޑުން
5 .ފަތުރުވެރިކަމާ ގުޅޭ އެއްވެސް އިކޯ ޓޫއަރިޒަމްގެ މަސައްކަތެއް ކުރުން
6 .ދަނޑުވެރިކަމުގެ މަސައްކަތް ކުރުން
7 .ދިވެހިބޭސް ވެރިކަމަށް ބޭނުންކުރާ ފަތްޕިލާވެލީގެ ބާވަތްތައް ނެގުން

ކެލާގެ ގުދުރަތީ ރީތިކަން ދައްކައިދޭ ތިން ސަރަހައްދެއް ކައުންސިލުންވެސް ވަނީ ހިމާޔާތްކޮށްފަ

އެގޮތުން ހިމާޔާތްކޮށްފައިވަނީ ކަނޑޫފާގެ އިތުރުން ކަނޑިންމަ ސަރަހައްދު، އެރަށު ފަޅު، އަދި ގައުމުލި ސަރަހައްދެއްވެ.

ކެލާ ކަނޑިންމަ ސަރަހައްދަކީ ކޮންމެ އަހަރެއްގެ ޑިސެމްބަރުން ފެށިގެން މާރޗުމަހާ ހަމައަށް ގިނަ އަދަދެއްގެ އެންމަޑި އާއި މިޔަރު ފެންނަ ސަރަހައްދެއްގެ ގޮތުގައި ފާހަގަކުރެވޭ ސަރަހައްދެކެވެ. އަދި އެރަށު ގައުމުލި އަކީ ކުދި މިޔަރާއި މަޑި އަދިވެސް އެހެނިހެން މަސްތައް ވިހާ އާލާވާ ސަރަހައްދެކެވެ.

ގެސްޓްހައުސް ވިޔަފާރީގެ ގޮތުން ކުރިއަރަމުން އަންނަ ކެލާގެ ފަޅަކީ ކުދިމަސްމަހާމެހި ވިހާ އާލާވެ އަދި ތަފާތު އެކި ވައްތަރުގެ މުރަކަ ހެދި އާލާވާ ސަރަހައްދެކެވެ.

Ad
df

މިސަރަހައްދު ހިމާޔާތްކުރަން ކައުންސިލުންގެ ގަރާރަކުން ނިންމާފައިވާއިރު އެސަރަހައްދުތައް ތަރައްގީކުރާނީ އެންވަރަމެންޓް ޕުރޮޓެކްޝަން އެޖެންސީއާ ގުޅިގެން ކަމަށް އެކައުންސިލުން މައުލޫމާތުދެއްވަ އެވެ.