ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށައިފިއެވެ.

ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓަކްޗަރ މިނިސްޓްރީން މިއަދު ވިދާޅުވީ، އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފަށާފައިވާ ކަމަށެވެ.

Ad
rt

އަހުލުވެރި ކުރުމުގެ ދަތުރުތައް ކުރިއަށްދާއިރު މި ދަތުރުތަކަށް އެއްވެސް އަގެއް ނުނަގާނެ ކަމަށް ވެސް އެ މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ޅ. އަތޮޅުގައި އިއްޔެ ފެށިއިރު، އެ އަތޮޅުގައި ތިން ރޫޓަކުން ދަތުރުތައް ދަނީ ބާއްވަމުންނެވެ.

ފުރަތަމަ ރޫޓް

  • ހިންނަވަރު،
  • ނައިފަރު،
  • ފެލިވަރު

ދެވަނަ ރޫޓް

  • ނައިފަރު
  • މަޑިވަރު

ތިންވަނަ ރޫޓް

  • އޮޅުވެލިފުށި،
  • ކުރެންދޫ،
  • ނައިފަރު

ޅ. އަތޮޅުގައި އިއްޔެ ފެށި އާރުޓީއެލް އަށް އަހުލުވެރިކުރުމުގެ ދަތުރުތައް ހަފުތާގެ ހުރިހާ ދުވަސްތަކެއްގައި ވެސް އޮންނާނެއެވެ.

މުޅި ރާއްޖެ ދަތުރުފަތުރުުން ގުޅާލުމަށް ސަރުކާރުން ހިންގާ މި މަޝްރޫޢުގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ޒޯން 1 ގެ ޚިދުމަތް ފުރަތަމަ ފެށީ ހދ. އަތޮޅުގައެވެ. މިއީ މި ޚިދުމަތް ފުރަތަމަ ފެށި އަތޮޅު ވެސް މެއެވެ. ހދ. އަތޮޅުގައި މި ޚިދުމަތް ރަސްމީކޮށް ފެށީ މިއަހަރުގެ ޖޫން މަހުގެ 11 ގައެވެ. އެއަށްފަހު ހއ. އަތޮޅުގައި މިޚިދުމަތް ޖުލައި 3 ވަނަ ދުވަހު ރަސްމީކޮށް ފެށިއިރު، ށ. އަތޮޅުގައި މި ޚިދުމަތް ފެށީ މި ހިނގާ ސެޕްޓެމްބަރުމަހުގެ 6 ވަނަ ދުވަހުއެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން، ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރް.ޓީ.އެލް) ސްޕީޑް ފެރީގެ ޚިދުމަތް މުޅިރާއްޖޭގައި ފެށިގެންދާއިރު، ރާއްޖޭގެ 188 ރަށުގައި ފެރީ ޓަރމިނަލްތައް ޤާއިމްކޮށް، މުޅި ރާއްޖޭގައި ޚިދުމަތް ދިނުމަށް 82 ހައި-ސްޕީޑް ފެރީ އުޅަނދެއް ދަތުރުތަކުގައި ބޭނުންކުރާނެއެވެ.