ފިއްލަދޫ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފި

83B254F0-F401-41C1-94E8-4F08A52107D6

ހއ.ފިއްލަދޫގެ ޒުވާންނުންގެ މެދުގައި ފުޓްބޯޅައިގެ ހުނަރު ކުރިއެރުވުމާއި ޒުވާނުންގެ މެދުގައި އެކުވެރިކަން އާލާކުރުމުގެ ގޮތުން ފިއްލަދޫގައި ކުރިއަށްގެންދާ ހޮލިޑޭ ކަޕްގެ ގުރުއަތުލުން ބާއްވައިފިއެވެ.

މި ގުރުއަތުލުން ބާއްވާފައިވަނީ ފިއްލަދޫ ސުކޫލުގައި މިކަމަށްޓަކައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނަކީ ޑިވިޝަން ކޮމާންޑާރ ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަލީ ފާއިޒް އެވެ. މީގެ އިތުރުން މިރަސްމިއްޔާތުގައި ފިއްލަދޫ މުވައްސަސާ ތަކުގެ ވެރިންނާއި ފިއްލަދޫއިން މިމުބާރާތައް އެހީތެރިވެދީފައިވާ ފަރާތްތަކުގެ އިތުރުން ޓީމް ތަކުގެ ބައިވެރިން ވަނީ ބައިވެރިވެފައެވެ. ރަށުގެ ބައެއް ވިޔަފާރިވެރިން  މި ރަސްމިއްޔާތުގައި ވަނީ ބައިވެރި ވެފައެވެ.

މި މުބާރާތުގައި ޖުމްލަ 5 ޓީމަކުން ބައިވެރިވެފައި ވާއިރު މުބާރާތުގެ ފުރަތަމަ މެޗް މިމަހުގެ 26 ވަނަ ދުވަހުގެ ހެންދުނު 6:15 ގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހެނދުނު އަދި ހަވީރު މި މުބާރާތުގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވާއިރު ދެވަނަ މެޗް އެދުވަހުގެ ހަވީރު 15:45 ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.

މި މުބާރާތުގެ ފައިނަލް މެޗް ޑިސެމްބަރު 3 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު މި މުބާރާތަކީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރު ލުމާއިއެކު ކުރިއަށް ގެންދެވޭ މުބާރާތެކެވެ.

އެގޮތުން މި މުބާރާތުގެ މެއިން ސްޕޮންސާރ އަކީ އެސްޓީއޯއެވެ. ކޯސްޕޮންސާ ގެ ގޮތުގައި އެމްޓީސީ، ޖީއެމްއައިޒެޑްއެލް ގެ އިތުރުން ކޫލް ޓެމްޕް މޯލްޑިވްސް ފަހަގަކޮށްލެވެއެވެ. މިމުބާރާތުގެ މީޑިޔާ ޕާރޓްނަރ އަކީ ތިލަދުން އެވެ.

 

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި