ކުރިމަތިލީ ގޮނޑި ހޫނުކުރާކަށް ނޫން، ތަރައްގީ ފޯރުކޮށްދޭން: ޝާޒް
ދާއިރާގެ ތަރައްގީގައި ވަކި ޕާޓީއަކަށް ބެލުމެއް ނޯންނާނެ ކަމަށާއި އޭނާއަކީ ހުރިހާ ރައްޔިތުންނަށް އެމްޑީޕީގެ ތަރައްގީ ފޯރުކޮށްދޭން ނިކުންނަ ‘އެޖެންޓެއް’ ކަމަށް މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓް އިބްރާހީމް ޝާޒު ވިދާޅުވެއްޖެއެވެ. އޭނާގެ ކެމްޕޭން ފެށުމަށް މާލެއަތޮޅު ގުޅީގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަމުން ޝާޒު ވިދާޅުވީ އޭނާ އެ ދާއިރާއަށް ކުރިމަތިލަނީ މަޖިލީހުގެ ގޮނޑި ހޫނުކުރުމަށް ނޫން ކަމަށެވެ. މީގެ އިތުރުން ގުރައިދޫ އާއި މާފުއްޓަށް ބޭނުނ...