ނަރުދޫ އަތިރިމަތި ސާފުކުރުން ފެނަކައާއި އެކު މިފަހަރު ނިކުތީ އަންހެންވެރިން

E07F6BD4-121A-4E18-B852-A5B0BA8FD89A

ފެނަކަ ނަރުދޫ ބުރާންޗް އިސްނަގައިގެން ''ރީތި ސާފު ނަރުދޫ '' ގެ ނަމުގައި ކުރިއަށް ގެންދާ ޕޮރޮގްރާމްގެ ދަށުން އެރަށު އަންހެންވެރިން ނުކުމެ އެރަށުގެ  ގޮނޑުދަށްތައް ސާފު ކޮށްފިއެވެ.

މި ހަރަކާތުގައި އަންހެން ވެރިންގެ އިތުރުން  ށ.ނަރުދޫ ސުކޫލު ގާލް ގައިޑް ދަރިވަރުންވެސް ވަނީ ބައިވެރި ވެފައެވެ.

މިދިޔަމަހުގެ ފަހުކޮޅު ށ. ނަރުދޫ ފެނަކަ ބްރާންޗުން ކުރިއަށްގެންދިޔަ ރަށުތެރެ ސާފުކުރުމުގެ މުބާރާތުގައި އެރަށުން 2.8 ޓަނުގެ ޕްލާސްޓިކްވަނީ ހޮވާފައެވެ.

މި ޕްރޮގުރާމަކީ ފެނަކަ ކޯޕްރޭޝަން އަދި މިލަންދޫ ދާއިރާގެ މަޖިލިސް މެމްބަރު އަލީ ރިޒާގެ އިތުރުން އިތުރު އެހެން ފަރާތްތަކުން ސުޕޮންސާ އާއި އެހީތެރިކަން ލިބިގެން ކުރިޔަށް ދިޔަ ޕުރޮގުރާމެކެވެ.

އަދި މިޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިއްމާފައިވަނީ އެއް މަސްދުވަހުގެ މުއްދަތަށް މައިގަނޑު 5 އިވެންޓަށް ބަހާލައިގެންނެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި