މާލޭ ވޭސްޓް ޓްރާންސްފާ ސްޓޭޝަން އިފްތިތާހްކޮށްފި
މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން، އިއްޔެ އިފްތިތާހުކޮށްފިއެވެ. މިކަމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން އިފްތިތާހުކޮށްދެއްވީ، ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައި ބޭއްވި މި ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ހާއްސަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށެވެ. އަދި މި މަޝްރޫއު މުޅިން ނިމިގެނ...