ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަހްމަދު އަޝްހަމަށް ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމް ގުޅުއްވައި ހިތްވަރު ދެއްވައިފިއެވެ.
އަޝްހަމް "ތިލަދުން" އަށް ބުނީ ރޭގައި ނައިބު ރައީސް އަޝްހަމަށް ގުޅުމުން ލިބިގެން ދިޔައީ ހައިރާން ކަމާއި، އުފާވެރިކަން ކަމަށެވެ. އަދި ނައިބު ރައީސް އަޝްހަމްގެ މަސައްކަތަށް ހިތްވަރުދެއްވުން ވެގެން ދިޔައީ ކުރިމަގަށް އަޝްހަމަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހިތްވަރެއް ކަމަށެވެ.
ހިތަށްވެސް ނާރާ ރާއްޖޭގެ އެންމެ މަތިން، ނައިބު ރައީސް ލެވެލުން ގުޅާފާނެ ކަމަކަށް، ނައިބު ރައީސް ގުޅުއްވައި ވަރަށް ހިތްވަރު ދެއްވި، ވެންޓިލޭޓަރ އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދެވިގޮތް އޮޅުން ފިލުއްވި، ކުރިމަގުގައި އަޅުގަނޑުގެ ވިސްނުން ހުރިގޮތް ބައްލަވައި، ހިތްވަރު ދެއްވި
އަޝްހަމް ބުންޏެވެ.

ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ވަނީ ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ބަރުދަނުގެ ވެންޓިލޭޓަރެއް 7 ދުވަސް ތެރޭގައި ހަދާފައެވެ. އަޝްހަމް ބުނީ އެ ވެންޓިލޭޓަރު ހަދިޔާކުރާނީ އެރަށު ސިއްޙީ މަރުކަޒަށްކަމަށް ކަމަށެވެ.
Our deepest thanks to the Vice President @FaisalNasym, who called on phone to our brother so quickly after hearing the news of inventing the #ventilator. On his phone-call he encouraged and took part in our happiness. We highly appreciate the support from the government!
— Azim Khalid (@AzimKhalid4) June 3, 2020
ނައިބު ރައީސް އަކީ ޒުވާނުންގެ މިފަދަ ކަންކަމަށް އަބަދުވެސް ހިތްވަރު ދެއްވާ، ރައްޔިތުންނަށް ދިމާވާ ކަންކަމުގައި ކައިރިން މަސައްކަތް ކުރައްވާ ބޭފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!