ރާއްޖޭގައި ވެންޓިލޭޓަރެއް އުފެއްދި އެންމެ ހަގު ފަތާތްކަމުގައިވާ އަހްމަދު އަޝްހަމަށް އޭނާ އުފަންރަށް ކަމުގައިވާ ށ ގޮއިދޫ ކައުންސިލްގެ ފަރާތުން ހިތްވަރު ދެއްވައިފިއެވެ.

ވެންޓިލޭޓަރެއް އުފައްދާފައި ވާތީ އަޝްހަމަށް ހިތްވަރުދީ ކުރިމަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުމަކާއި ފައިސާގެ އެހީއެއް ކައުންސިލްގެ ފަރާތުންވަނީ ދީފައެވެ.

Ad
rt

މީގެ އިތުރުން ކައުންސިލުންވަނީ އަޝްހަމް އާއި އަޝްހަމްގެ ބެލެނިވެރިންނާއި ބައްދަލުކޮށް އަޝްހަމްގެ ކާމިޔާބަށް މަރުޚަބާ ކިޔައި އަޝްހަމްގެ ކުރިމަގު ބިނާކުރުމުގައި ކައުންސިލަށް ވެވެން އޮތް އެހީތެރިކަމެއް ވެދޭނެ ކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވަނީ ފޯނުން ގުޅުއްވައި އަޝްހަމަށް ހިތްވަރު ދެއްވާފައެވެ. އަދި ޕްރޮފެސަރ އުގައިލުވެސް ވަނީ އަޝްހަމަށް ގުޅުއްވައި ހިތްވަރު ދެއްވާފައެވެ.

މީގެ އިތުރުން ފެނަކަގެ ފަރާތުން ވަނީ އަޝްހަމްގެ ކާމިޔާބަށް މަރުޚަބާ ކިޔައި އަޝްހަމަށް ވަޒީފާގެ ފުރުސަތު ހުޅުވާލަފައެވެ.