ށ އަތޮޅުގައި އަޅާ ހައުސިން ޔުނިޓްތަކާއި ގުޅޭގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ ބައްދަލުކޮށްފި

B30AAF06-C7D9-406C-AFB3-9CDC624DBA07

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ވައުދުގެ ދަށުން ށ. އަތޮޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ހައުސިން ޔުނިޓުތަކާއި ގުޅޭ ގޮތުން ރަށު ކައުންސިލްތަކުގެ ރައީސުންނާ އަތޮޅު ކައުންސުލުން ބައްދަލުކޮށްފިއެވެ.

މި ބައްދަލުވުމުގައި އެންމެ ފުރަތަމަ ބައްދަލުކޮށްފައި ވަނީ އެ އަތޮޅު ކަނޑިތީމު، ގޮއިދޫ، ފޭދޫ، ބިލެތްފަހި، ފޯކައިދޫ، ނަރުދޫ، ޅައިމަގު އަދި ފުނަދޫ ކައުންސިލްގެ ރައީސުންނާއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއް ހިމެނޭ ގޮތަށް ރަށްރަށަށް ބަހާލައިގެން ޖުމްލަ 20،000 ހައުސިންގް ޔުނިޓް އެޅުމުގެ މަޝްރޫއެއް ފެށުމަސް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން ށ އަތޮޅުގައި 1000 ހައުސިން ޔުނިޓް އަޅާނެ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

ހައުސިން ޔުނިޓް އަޅާނެ ތަންތަން ކަނޑައަޅާ ނިމުމުން މި މަޝްރޫއުތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރެވޭނެ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުގައި ހިމެނޭ ރަށްރަށުގެ ކައުންސިލްތަކުން މިހާރު ވަނީ އަމިއްލަ ހުސް ބިމުގައިި ގެ އަޅަން ބޭނުންވާ ފަރާތްތަކުގެ މައުލޫމާތު އެއްކުރަން ފަށާފަ އެވެ.

ލިޔުން ވިދާޅުވުމަށްފަހު ހިއްސާ ކުރައްވާ

ކިޔުންތެރިންގެ ޚިޔާލުތައް

  1. ހދ އަތޮޅު ކައުންސިލުން ތިކަންކޮއް ނިންމާލި ރައްރަށުގެ ކައުންސިލްގެ ބަހެއް ނެތި. ހައުސިން މިނިސްޓްރީން ހައުސިން ޔުނިޓް ތަކާއި ބެހޭ އުސޫލުތައްކާއި ހިލާފައް ހދ. އަތޮޅު ކައުންސިލުން ކަންތައްކޮއްފި. މިކަންތައް ތިޔަ މީޑިޔާއަށް ތިލަކޮއްދެއްވަން ފަސޭހަކަމެއް. ރައްޔިތުންނަށް މިކަން ސާފުކޮށްދެއްވުމަށް އެދިއްޖައީމު

    1. ހދ ަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަަ އަތޮޅު ކައުންސިލުން ވަނީ ހައުސިން ޔުނިޓް ރަށްރަށަށް ބެހުމުގައި މަކަރާއި ހީލަތް ހަދާފައި ވަކި ބަޔަކަށް ފައިދާ ވާ ގޮތަށް ނިންމާފައި ހދ އަތޮޅު އެހެން ރަށްތަކުގެ ކައުންސިލް ތަކުގެ މަސްވަރާ ކުރުމެއްނެތި ނިންމާފައި މޮޅިއްޔާ ތިލަދުން ފަރާތުން ރައްޔިތުންނަށް ޓަކައި އެކަން އޮޅުން ފިލުވައި ދެއްވުން އެދެން … އެކަން ފިލުވައި ނުދެވޭނަމަ ތިއީ ބޭކާރު ނޫހެއް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި