ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އުމުރުން ހަގު ޒުވާނާގެ ގޮތުގައި ދިވެހި ތާރީޚުގެ ތެރެއިން ފަޚުރުވެރި ޖާގައެއް ހޯދާފައިވާ ށ. ގޮއިދޫއަށް އުފަން، އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަމަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑް (ފެނަކަ)ގެ މެނޭޖިންގ ޑިރެކްޓަރު އަހުމަދު ސައީދު ފޯނު ގުޅުއްވައި، މަރުހަބާ ދަންނަވައި އެކުންފުނިން ވަޒީފާގެ ފުރުޞަތު ހުށަހަޅުއްވައިފިއެވެ.

ފެނަކައިން މިއަދު ބުނީ ވެލްޓިލޭޓަރެއް އުފެއްދި އުމުރުން 19 އަހަރުގެ އަޙްމަދު އަޝްހަަމަށް އެ ކުންފުނީގެ އެމްޑީ އަހުމަދު ސައީދު ގުޅުއްވައި އެ ހުނަރުވެރި މަސައްކަތަށް މަރުޙަބާ ދެންނެވި ކަމަށެވެ. އަދި މުސްތަގުބަލަށް ހިތްވަރުދެއްވައި ފެނަކައިން ވަޒީފާގެ ފުރުޞަތު އެރުވިކަމަށެވެ.

Ad
rt

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުނަރުވެރި ގާބިލު ޒުވާނުންނަށް ފެނަކައިން ފަހި ފުރުޞަތުތައް އޮންނާނެ ކަމަށްވެސް ފެނަކައިން ވަނީ ބުނެފައެވެ.

ސީއެޗްއެސްއީން މިދިޔަ އަހަރު ގްރޭޑް 12 ނިންމާ މިވަގުތު ރަށުގައި އުޅެމުން އަންނަ އަޝްހަމް ވަނީ ގާތްގަނޑަކަށް 10 ކިލޯގްރާމްގެ ބަރުދަނުގެ ވެންޓިލޭޓަރެއް 7 ދުވަސް ތެރޭގައި ހަދާފައެވެ. އަޝްހަމް ބުނީ އެ ވެންޓިލޭޓަރު ހަދިޔާކުރާނީ އެރަށު ސިއްޙީ މަރުކަޒަށްކަމަށް ކަމަށެވެ.

ތިލަދުން | Thiladhunށ. ގޮއިދޫ ޒުވާނަކު ވެންޓިލޭޓަރެއް އުފައްދައިފިށ. ގޮއިދޫ 19 އަހަރުގެ ޒުވާނެއްކަމަށްވާ އަހްމަދު އަޝްހަމް ވެންޓިލޭޓަރެއް އުފައްދައިފި އެވެ. މިއާއިއެކު އަޝްހަމް ވެފައިމިވަނީ ރާއްޖޭގައި އަމިއްލައަށް ވެންޓިލޭޓަރެއް އުފެއްދި އެންމެ އ...

ދިވެހިރާއްޖޭގެ ނައިބު ރައީސް ފައިޞަލް ނަސީމްވެސް ވަނީ ފޯނުން ގުޅުއްވައި އަޝްހަމަށް ހިތްވަރު ދެއްވާފައެވެ. އަދި ޕްރޮފެސަރ އުގައިލުވެސް ވަނީ އަޝްހަމަށް ގުޅުއްވައި ހިތްވަރު ދެއްވާފައެވެ.