•  
  •  
  •  
  •  
  •  
  •  
  •  

ށ. ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް ގޮއިދޫ ކައުންސިލުން ފަށައިފިއެވެ.

މިގޮތުން ގޮއިދޫ ކައުންސިލުން މިއަދު ވަނީ 2 ސްމާޓް ޓީވީ ގޮއިދޫ ސްކޫލާއި ހަވާލުކޮށްފައެވެ.

ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމަށް ސްމާޓް 8 ޓީވީ ބޭނުންވާއިރު، މިއަދު މި ހަވާލު ކުރި 2 ޓީވީއަކީ އެ މަސައްކަތް ފެށުމުގެ ގޮތުން ހަވާލު ކުރި 2 ޓީވީއެވެ. ބާކީ ޓީވީތައް ވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ސްކޫލަށް ހަދިޔާ ކުރަން ގޮއިދޫ ކައުންސިލުން ވަނީ ނިންމާފައެވެ.

ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ ޕްރޮގްރާމް ފެށުމަށް ކައުންސިލުގެ ފަރާތުން ދެއްވާ 2 ސްމާރޓް ޓީވީ ސްކޫލާއި ހަވާލުކުރުމާއި ވިދިގެން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާޙީމް ޝާހިދު "ތިލަދުން" އަށް ވިދާޅުވީ، އެ ކައުންސިލް ވަނީ ގޮއިދޫ ސްކޫލް ޑިޖިޓަލައިޒް ކުރުމުގެ މަސައްކަތް މިއަހަރު ކުރަން ނިންމާފައި ކަމަށެވެ.

" ޖުލްމަ 80 ވަރަކަށް ހާސް ރުފިޔާ އެބަ ޚަރަދުވޭ މި ޕްރޮގްރާމަށް، މިއަހަރު މި ކަންކުރަން ކައުންސިލުން ނިންމާފައި ވިޔަސް ކޯވިޑްގެ ސަބަބުން ދިމާވި ދަތިތަކާއިއެކު ފުރަތަމަ މި ހަދިޔާ ކުރީ 2 ޓީވީ، އިރާދަ ކުރެއްވިއްޔާ ބާކީ ޓީވީތައް ވެސް ފިޔަވަހި ތަކަކަށް ބަހާލައިގެން ހަވާލު ކުރާންނަން" ޝާހިދު ވިދާޅުވިއެވެ.

އެ ޕްރޮގްރާމަށް ގޮއިދޫ ކައުންސިލުން ހަދިޔާ ކުރަން ނިންމާފައިވަނީ 65 އިންޗީގެ ސްމާޓް ޓީވީއެވެ. މިގޮތުން މިއަދު ހަވާލު ކުރީވެސް 65 އިންޗީގެ ސްމާޓް 2 ޓީވީއެވެ. ގޮއިދޫ ކައުންސިލްގެ ރައީސް ޝާހިދު ވިދާޅުވީ މި ޓީވީތަކަކީ ގޮއިދޫ ސްކޫލުން ބޭނުންވާ މިންގަނޑުތަކަށް ފެތޭ ޓީވީތަކެއް ކަމަށެވެ.

" މި ކައުންސިލުން ވަރަށް ބޮޑު އިސްކަމެއް ދެން ރަށުގައި މިހެން ހުރި މައްސަލަތައް ހައްލު ކުރުމަށް އެހީތެރިވުމަށް، މިހާރު ވެސް ރަށަށް ދިމާވެފައިވާ ކުނީގެ މައްސަލަ މެނޭޖް ކުރުމަށް މަސައްކަތް އެބަ ކުރެވޭ، ރަށުގެ ކޮންމެ މުއައްސަސާއަކަށް ދިމާވާ ކަން ކަމުގައިވެސް ގުޅިގެން ހައްލު ހޯދައިދިނުމަށް ކައުންސިލް ދެމި އޮންނާނެ" ޝާހިދު ވިދާޅުވިއެވެ.

ށ. ގޮއިދޫ ކައުންސިލަކީ ރަށުގެ ކުރިއެރުމާއި ތަރައްޤީއަށް އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާ ކައުންސިލެކެވެ.

ޚިޔާލު

Your email address will not be published.

More in ކުޑަ