ފުނަދޫ ސްކޫލް ކުލަސްޓާ: ރިލީޒް ސާމްޕަލްތައް ނެގެޓިވްވެ، ގެތައް ކަރަންޓީނުން ވީއްލައިފި
ށ. ފުނަދޫއިން އެރަށު ސްކޫލްގެ ދަރިވަރަކު ޕޮޒިޓިވްވުމުން ކަރަންޓީނުކުރި ފަރާތްތަކުގެ ތެރެއިން ރިލީޒް ސާމްޕަލް ނަގަންޖެހޭ ފަރާތްތަކު ސާމްޕަލްތައް ނެގެޓިވްވުމުން އެ ކްލާސްޓާއާއި ގުޅިގެން ކަރަންޓީނު ކުރި ގޭތަށް ކަރަންޓީނު ވީއްލައިފިއެވެ. ފުނަދޫއިން ދަރިވަރަކު ޕޮޒިޓިވްވެ އެރަށުގެ 26 ގެއެއް ކަރަންޓީނު ކުރީ މިމަހުގެ 1 ވަނަ ދުވަހުއެވެ. އިއްޔެ ވަނީ އެ ދަރިވަރާއި، އެކުއްޖާއާއި ޑައިރެކްޓް ކޮންޓެކްޓް ވެގެން ކަރަންޓީނުކުރި ހުރިހާ ފަރާތްތަކުގެ ރިލީޒް ސާމްޕަލް ނަގާފައެވެ. އެހުރިހާ ސާމްޕަލެއް ވެސް ވަނީ ނެގެޓިވް...