އަތޮޅުތަކުގައި ކޯވިޑް-19 ހަލުވިކަމާއެކު ފެތުރެމުންދާއިރު ށ. އަތޮޅުގެ ހަތަރު ރަށެއް މިވަގުތު މޮނިޓަރިން ހާލަތުގަ އެބައޮތެވެ.
އެ އަތޮޅުން އެންމެފަހުން މޮނިޓަރިންނަށްލީ ކަނޑިތީމެވެ. އެރަށުން ވަނީ މިމަހު 10 ވަނަ ދުވަހު ނެގި 5 ސާމްޕަލެއްގެތެރެއިން 4 ސާމްޕަލެއް ޕޮޒިޓިވްވެފަ އެވެ.
އެރަށުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކުރަމުންދާކަމަށް ރޭ އެރަށު ކައުންސިލުން ވަނީ ވިދާޅުވެފަ އެވެ. އަދި ޒަރޫރީ ބޭނުމެއްގަ ނޫނީ ބޭރަށް ނުކުތުމަށް ވެސް އެރަށު ކައުންސިލުން ވަނީ އެރަށުގެ ރައްޔިތުންގެ ކިބައިން އެދިފަ އެވެ.
ށ. އަތޮޅުން ކަނޑިތީމުގެ އިތުރުން އެއަތޮޅުގެ ވެރިރަށް ފުނަދޫ، ޅައިމަގުގެ އަދި ގޮއިދޫ ވެސް އޮތީ މޮނިޓަރިން ހާލަތުގަ އެވެ.
ކަނޑިތީމު މޮނިޓަރިންނަށްލީ ރޭ 20:10 ގައެވެ. ބޯޅަ ދަނޑުގެ މަސައްކަތްކުރަން ގޮސްތިބި ބިދޭސީންގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވެގެން ފުނަދޫ މޮނިޓަރިންނަށްލީ މެއި7 ވަނަ ދުވަހުއެވެ. ދެ ޑޯޒް ފުރިހަމަކޮށް، ހަމަޖެހިފައިވާ އުސޫލުގެތެރެއިން ގޮއިދޫއަށް ގޮސް ހުރި މީހެއް ޕޮޒިޓިވްވެގެން އެރަށް މޮނިޓަރިންނަށް ގެނައީ މެއި 9 ވަނަ ދުވަހުއެވެ. ތިން ރޭންޑަމް ސާމްޕަލްއެއް ޕޮޒިޓިވްވެ ގޮއިދޫ މޮނިޓަރިންނަށްލީ ރޭގަ އެވެ.
މީގެއިތުރުން ތިލަދުންމަތީގެ އަނެއް ދެ އަތޮޅުގެ ވެރިރަށް ވެސް އޮތީ މޮނިޓަރިން ހާލަތުގައެވެ. އެއީ ކުޅުދުއްފުށީ ސިޓީއާއި ދިއްދޫއެވެ.
މިވަގުތުވެސް މާލެ ސަރަހައްދު ފިޔަވާ އަތޮޅު ތެރޭގެ 40 ރަށެއްގައި އޮތީ މޮނިޓަރިންގައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!