ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ވަނަ އަހަރުގެ ނަތީޖާއިން ށ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ށ. ފުނަދޫ ކައުންސިލް އަދި ނ. އަތޮޅުން 1 ވަނަ ރަށުގެ ގޮތުގައި ނ. މަގޫދޫ ކައުންސިލް ހޮވިއްޖެ އެވެ.
2021 ވަނަ އަހަރުގެ ލާމަރުކަޒީ ދުވަސް ފާހަގަކުރުމަށް، ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން އިއްޔެ ބޭއްވި ޙަފްލާގައި ލޯކަލް ކައުންސިލްސް ޕާފޯމަންސް އިންޑެކްސްގެ 2019 ގެ ނަތީޖާތައް އިޢުލާނުކޮށްދެއްވީ ލޯކަލް ގަވަރމަންޓް އޮތޯރިޓީގެ ޑިރެކްޓަރ ޖެނެރަލް އާދަމް ޝަރީފެވެ.
މި އިންޑެކްސްއިން ހުރިހާ ރަށެއް ހިމަނައިގެން 1 ވަނަ ރަށު ކައުންސިލަކަށް ހޮވިފައިވަނީ ފ.ނިލަންދޫ ރަށު ކައުންސިލެވެ. އަދި 2 ވަނައަށް ކ.ހުރާ ކައުންސިލް ހޮވިފައިވާއިރު 3 ވަނަ ހޯދާފައިވަނީ އއ.މަތިވެރީ ކައުންސިލެވެ.
ވަކިވަކި އަތޮޅުތަކުގައި ހިމެނޭ ރަށްތަކުގެ ރޭންކިންގއަށް ބަލާއިރު މަލަދުންމަޑުލު އުތުރުބުރިން 1 ވަނަ ލިބުނީ ށ. ފުނަދޫ ކައުންސިލް އަށެވެ. 2 ވަނަ ށ. ފޯކައިދޫ ކައުންސިލް އަދި 3 ވަނަ ގޮއިދޫ ކައުންސިލް އަށެވެ. އަދި މިލަދުންމަޑުލު ދެކުނުބުރިން 1 ވަނަ ލިބިފައިވަނީ ނ. މަގޫދޫ ކައުންސިލް އަށެވެ. 2 ވަނަ ނ. ހެނބަދޫ ކައުންސިލް އަށް ލިބިފައިވާއިރު 3 ވަނަ ލިބިފައިވަނީ ނ. ވެލިދޫ ކައުންސިލް އަށެވެ.
މި އިންޑެކްސްގެ ތެރެއިން އުތުރުގެ އަތޮޅު ތަކަށް ބަލާއިރު ހއ. އަތޮޅު ކައުންސިލްއަށް ލިބިފައިވަނީ 10 ވަނަ އެވެ. ހދ. އަތޮޅު ކައުންސިލް އަށް 18 ވަނަ އަދި ށ. އަތޮޅުކައުންސިލް އަށް 4 ވަނަ ލިބިފައިވާ އިރު ނ. އަތޮޅުކައުންސިލްއަށް ލިބިފައިވަނީ 17 ވަނަ އެވެ.

ޖުމްލަ 5 ސަބް އިންޑީސަސް އެއްގެ އެވްރެޖްގެ މައްޗަށް ބިނާކޮށް 2016 ވަނަ އަހަރުންފެށިގެން ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކައުންސިލްތައް އަންނީ ރޭންކު ކުރަމުން ނެވެ.
Councils’ Ranking 2019 based Local Council performance index
Download: https://t.co/BGAmj1AGKJ pic.twitter.com/o2id5Qnf7x
— Local Government Authority (@lgaMaldives) February 26, 2021
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!