އުތުރުގެ 6 ރަށެއް ހިމެނޭހެން 34 ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމާއި ގުޅޭގޮތުން އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އިންޑިއާގެ އެގްޒިމް ބޭންކް ގެ އެހީގައި ކުރިއަށް ގެންދާ މި މަޝްރޫއުތަކަކީ އިންޑިއާއިން ރާއްޖެއަށް ފޯރުކޮށްދީފައިވާ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ކުރިއަށް ގެންދެވޭ މަޝްރޫއު ތަކަކެވެ.

Ad
rt

މިއަދު ގިޔާސުއްދީން ސްކޫލްގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި، 34 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް 4 ކުންފުންޏަކާއެކު ވަނީ ސޮއިކޮށްފައެވެ.

އިންޑިއަން ހައި ކޮމިޝަނުން ނެރުނު ނޫސްބަޔާނުގައި މެދުނުކެނޑޭނެހެން، އަދި ރައްކާތެރިކޮށް ސާފު ފެނުގެ ސަޕްލައި މަގުފަހިކޮށްދޭނެ މި މަޝްރޫއުގެ ފައިދާ ސީދާ ގޮތުން 34 ރަށެއްގެ 35،000 ރައްޔިތުންނަށް ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މި މަޝްރޫއު ދެ އަހަރުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

މިއީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ކޮންމެ ރަށެއްގައި ސާފު ފެނާއި ނަރުދަމާގެ ނިޒާމެއް ގާއިމްކޮށްދިނުމަށް ވެފައިވާ ވައުދާއި ގުޅިފައިވާ މަޝްރޫއުއެކެވެ.

ވިޝްވަރާޖް އެންވަޔަރަންމެންޓް ޕްރައިވެޓް ލިމިޓެޑް (18،489،229.40 މިލިއަން ރުފިޔާ)

ހއ. ކެލާގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ހއ. ބާރަށު ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ހދ. ވައިކަރަދޫގެ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމް ކުރުމަށް (24 މަސް)
ށ. ފުނަދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް (20 މަސް)
ށ. ޅައިމަގު ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (24 މަސް)
ނ. މަނަދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)

ޖޭއެމްސީ ޕްރޮޖެކްޓްސް (އިންޑިއާ) (13،850،759.24 މިލިއަން ރުފިޔާ)

ޅ. ކުރެންދޫ ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ކ. ގާފަރުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް 26 މަސް)
ކ. ކާށިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
އއ. ތޮއްޑޫގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (22 މަސް)
އއ، މާޅޮހުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
އދ. ދަނގެތީގައި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (22 މަސް)
އދ. ދިގުރަށުގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ވ. ފުލިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ވ. ފެލިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ވ. ތިނަދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)

އެސްއެމްސީ އިންފްރަސްޓްރަކްޗަރ ޕްރައިވެޓް ލިމިޓެޑް (20,636,728.05 މިލިއަން ރުފިޔާ)

މ. ކޮޅުފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
މ. މަޑުއްވަރީގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް (26 މަސް)
މ. މުލީގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ފ. ބިލެތްދޫގައި ފެނުގެ ނިޒާމް ގާއިމް ކުރުމަށް (20 މަސް)
ފ. ދަރަނބޫދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ދ. ބަނޑިދޫގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ދ. މީދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ތ. ހިރިލަންދޫ ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (26 މަސް)
ލ. ގަމުގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ލ. އިސްދޫ އަދި ކަލައިދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ލ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ލ. މާބައިދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް (26 މަސް)

ޓްރިވެނި އިންޖިނިއަރިންގ އެންޑް އިންޑަސްޓްރީސް ލިމިޓެޑް (22،801،199.56 މިލިއަން ރުފިޔާ)

ގއ. ދާންދޫގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ގއ. ގެމަނަފުށީގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ގއ. މާމެންދޫގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ގދ. މަޑަވެލީގައި ފެނުގެ ނިޒާމް ގާއިމްކުރުމަށް (20 މަސް)
ގދ. ފަރެސްމާތޮޑާގައި ފެނާއި ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް (24 މަސް)
ގދ. ހޯޑެއްދޫގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް (26 މަސް)

2018 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭންގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމްކޮށްދެއްވާނެކަމަށް ވައުދުވެވަޑައިގެންފައެވެ.

މި ވައުދުފުޅުގެ ދަށުން މީގެކުރިންވެސް ވަނީ ސަރުކާރުގެ ބަޖެޓުން ހަރަދުކޮށްގެން 15 ރަށެއްގައި ފެނާއި ނަރުދަމާ ނިޒާމް ގާއިމްކުރުމުގެ އެއްބަސްވުންތަކުގައި ސޮއި ކޮށްފައެވެ.

ކުރިއަށް އޮތް މަސްތަކުގެ ތެރޭގައި – ގްރޭޓާ މާލެ ކަނެކްޓިވިޓީ ޕްރޮޖެކްޓް (ޖީ.އެމް.ސީ.ޕީ) އަދި ހަނިމާދޫ ބައިނަލްއަގްވާމީ އެއާޕޯޓް ފުޅާކޮށް ތަރައްގީ ކުރުމުގެ މަޝްރޫއު ފަދަ – އިތުރު އެލް.އޯ.ސީ މަޝްރޫއުތަކުގެ ކޮންޓްރެކްޓްތައް ހަވާލުކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.