ރަށެއްގެ ކުޑަބޮޑު މިނަށާއި، އާބާދީއަށް ބަލައި ކުރި ފަރަގެއް، ތަފާތެއް ނޯންނާނެ: ރައީސް
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށެއްގެ ސައިޒުގެ ކުޑަބޮޑު މިނަކުން ނުވަތަ އާބާދީގެ ގިނަމަދު މިނަށް ބަލައި ސަރުކާރުން ކުރި ފަރަގެއް، ތަފާތެއް ނޯންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސް ޞާލިޙް މިހެން ވިދާޅުވެފައި ވަނީ މިހާތަނަށް ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތް ނުފެށި އޮތް 23 ރަށުގައި އެ ޚިދުމަތް ޤާއިމުކުރުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވިދާޅުވީ، ތަރައްގީގެ ވާހަކަ ދައްކަންވާނީ ވެސް ގައ...