މަރްހޫމް އަބްދުއްރަޝީދުގެ ހަނދާނުގައި އިމާރާތްކުރި މިސްކިތް މިރޭ ހުޅުވައިފިއެވެ.
"މަސްޖިދު ރަޝީދު" ނަމުގައި ހުޅުމާލޭގައި އިމާރާތްކޮށްފައިވާ މި މިސްކިތް ހުޅުއްވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.
އެ ކަމަށް މިރޭ ހުޅުމާލޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތުގައި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެ ވަޑައިގަތެވެ. އަދި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ ޢަހްމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަތެވެ.
މި މިސްކިތް ބިނާކޮށްފައި ވަނީ މިސްކިތް އެ ބޭފުޅަކަށް ނިސްބަތްވާ އަލްމަރުހޫމް އަބްދުއްރަޝީދުގެ ކުންފުނި، ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް (އާރްސީސީ) އިންނެވެ.
އަންހެނުންނަށް ވަކިން ނަމާދު ކުރޭގޮތަށް އިންތިޒާމު ހަމަޖައްސާފައިވާ މި މިސްކިތަކީ 1200 މީހުންގެ ޖާގައިގެ މިސްކިތެކެވެ.
މި މިސްކިތް ހުޅުއްވައި ދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ މިސްކިތް ބައްލަވާ ލައްވާފައެވެ. އެއަށްފަހު ރައީސް ވަނީ މި މިސްކިތުގައި ކުރެވުނު މިރޭގެ ޢިޝާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް، އާރު.ސީ.ސީން ބިނާ ކޮށްފައިވާ މި މިސްކިތް ހުޅުވުމަށް މިރޭ ބޭއްވެވި ރަސްމިއްޔާތުގައި އާރު.ސީ.ސީގެ ފަރާތުން ވަނީ މި މިސްކިތުގެ މޮޑެލްއެއް ރައީސުލް ޖުމްހޫރިއްޔާއަށް ވެދުމަށް އަރުވާފައެވެ
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!