މިނާގައި ތިބި ދިވެހި ޙައްޖުވެރިންގެ ގާތަށް ރައީސްގެ ދެކަނބަލުން ޒިޔާރަތް ކުރައްވައިފިއެވެ.
އެގޮތުން މި ޒިޔާރަތުގައި ޙައްޖުގެ އަޅުކަން ފުރިހަމަ ކުރެއްވި ދިވެހިންނާ ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙު ވަނީ ބައްދަލު ކުރައްވައި ޙާލުއަހުވާލު އޮޅުން ފިލުއްވާފައެވެ.
މިނާގެ ފޭލިގެތަކުގައި ތިބި ދިވެހި ޙައްޖުވެރިންގެ ޙާލު ބައްލަވައިލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ޒިޔާރަތުގައި އަރިހުގައި އަނބިކަނބަލުން ފަޒްނާ އަޙްމަދުވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.
މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރާއްޖޭން ފުރާވަޑައިގެންފައިވަނީ މި މަހުގެ 4 ވަނަ ދުވަހުއެވެ.
ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެ ދެމަފިރި ކަނބަލުންގެ އަމިއްލަ ނުރަސްމީ ދަތުރުފުޅެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!