މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިއަދު ފުރާވަޑައިގެންފިއެވެ.

ރައީސް އޮފީހުން މަޢުލޫމާތު ދެއްވާ ގޮތުގައި މިއަހަރުގެ ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ސަޢޫދީ ޢަރަބިއްޔާއަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މާދަމާ ކުރައްވާ ދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެކެވެ.

Ad
rt

ރައީސްގެ ދެ ކަނބަލުން ޙައްޖަށް ފުރާވަޑައިގެންނެވީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޙައްޖުގެ އަޅުކަން އަދާކުރެއްވުމަށް ރައީސްގެ ދެ ކަނބަލުން މިއަދު ފުރާވަޑައިގަންނެވިއިރު، މިއަހަރުގެ އަމީރުލް ހައްޖުގެ ގޮތުގައި ކަނޑައަޅުއްވާފައިވާ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރު ޢަލީއާއި، އެމަނިކުފާނުގެ އަނބިކަނބަލުން އިއްޔެ ވަނީ ޙައްޖަށް ފުރާވަޑައިގެންފައެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމަށް ރާއްޖޭން ފުރި އެންމެ ފަހު މީހުންގެ ގްރޫޕް ފުރީ މި މަހުގެ 2 ވަނަ ދުވަހުއެވެ.

ރާއްޖޭގެ ޙައްޖު މިޝަނުން މަޢުލޫމާތު ދެއްވާ ގޮތުގައި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅެވެ.

މިއަހަރުގެ ހައްޖުގެ އަޅުކަން ފެށޭނީ ކަލަންޑަރުގައިވާ ގޮތުން މި މަހުގެ 7 ގަ އެވެ.