އެމްޓީސީސީން އަނގޮޅިތީމު ބަނދަރުގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ތަރައްޤީ ކުރަމަށް ހަވާލުވެފައިވާ ރ. އަނގޮޅިތީމުގެ ބަނދަރުގެ މަޝްރޫޢޫގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެއެވެ. އެމްޓީސީސީން ބުނީ ރ. އަނގޮޅިތީމް ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި، 22 އޮކްޓޯބަރ 2020 ގައި ޕްރޮޖެކްޓް ސައިޓް މޮބިލައިޒްކޮށްފައިވާ ކަމަށެވެ. މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީޓީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢު...