ރ. ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ފަށައިފިއެވެ.
އެމްޓީސީސީން އިއްޔެ ބުނީ، ދުވާފަރު މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް ފެށިފައިވާ ކަމަށާއި، މި މަސްރޫޢުގެ މަސައްކަތުގެ 77 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށެވެ.
12 ޖޫން 2019 ގައި އަމަލީ މަސައްކަތް ފަށާފައިވާ މި މަޝްރޫޢުގެ ދަށުން އެރަށުގައި 25513 ކިލޯ މީޓަރު މަގުގައި ތާރު އެޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ޕޭމަންޓްގެ ގޮތުގައި 6813 ކިލޯމީޓަރު ހަދާގޮތަށް ހަމަޖެހިފައި ވެއެވެ.
ދުވާފަރު މަގުތައް ޒަމާނީ ފެންވަރަކަށް ހެދުމަށް އެމްޓީސީސީން ކުރަމުން އަންނަ މަސަކައްތުގެ ތެރެއިން މަގުބައްތި ހަރުކުރުމާއި މަގުމަތީ ނިޝާންތައް ހަރުކުރުމުގެ މަސައްކަތް ވެސް ކުރާނެ ކަމަށް އެމްޓީސީން ބުންޏެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ޕްލޭނިން ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ އިން 47.04 މިލިއަން ރުފިޔާއަށް އެމްޓީސީސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
ކޯވިޑްގެ މި ބަލިމަޑުކަމުގެ ސަބަބުން މަޝްރޫޢުތަކަށް ބޭނުންވާ ސާމާނު ރާއްޖޭން ބޭރުން ގެނައުމުގައި ބައެއްކަހަލަ ދަތިތަކާއި ކުރިމަތިވީ ނަމަވެސް ފަށާފައިވާ އެންމެހާ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމުމަށް މަސައްކަތް ކުރަމުން އަންނަކަމަށް އެމްޓީސީސީން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!