މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބޭނުންކުރަމުން އައި "މައިކްރޮސޮފްޓް ސޮލޮމަން އެންޓަރޕްރައިސް ރިސޯސް ޕްލޭނިނގް ސޮފްޓްވެއަރ "މައިކްރޮސޮފްޓް ޑީ365" އަށް އަޕްގްރޭޑްކޮށް ލައިވްކޮށްފިއެވެ.

މިއަދު ހެނދުނު 8:30 ގައި އެމްޓީސީސީގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި ސޮފްޓްވެއަރ ބޭނުންކުރަންފެށުން ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

Ad
rt

އަލަށް އިފްތިތާޙްކުރެވުނު މި އެންޓަރޕްރައިސަސް ރިސޯސް ޕްލޭނިންގ ސިސްޓަމް (އީ.އާރ.ޕީ) ގެ ސަބަބުން
އެމްޓީސީސީގެ މަސައްކަތްތަކާއި ހިންގުން ހަރުދަނާވެ، މުއާމަލާތްތައް ފުރިހަމަވެ، އަދި މައުލޫމާތު އެއްކުރުމާއި ހޯދުމުގައާއި މާލީ ރިޕޯޓިންގގައި ގިނަ ފަސޭހަތަކެއް ކުންފުންޏަށް ލިބިގިންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީ ބުނީ މިއަދު މި އިފްތިތާޙްކުރެވުނު ޑީއާރުޕީ ސިސްޓަމަކީ އެއްއަހަރު ދުވަހުގެ ޕްލޭނިންގއާއިއެކު ކުންފުނީގެ މުވައްޒަފުން އަދި މި ޕްރޮޖެކްޓުގެ ބައިވެރިންގެ ބުރަ މަސައްކަތުގނަތީޖާ ކަމަށެވެ.

"މައިކްރޮސޮފްޓް ޑީ365" ސޮފްޓްވެއަރ އަކީ މައިކްރޮސޮފްޓް ކުންފުނިން ކުންފުނިތަކުގެ ރިސޯސް މެނޭޖްކުރުމަށް ފަރުމާ ކޮށްފައިވާ އެންމެ ފަހުގެ ސޮފްޓްވެއާއެކެވެ. އަދި މިސޮފްޓްވެއާއަކީ މައިކްރޮސޮފްޓް "އޮފީސް 365" އާއި އިންޓަރގްރޭޓް ވާގޮތަށް ފަރުމާކުރެވިފައިވާ ސޮފްޓްވެއާއެއްކަމުން މަސައްކަތުގައި އެމްޓީސީސީއަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

އެމްޓީސީސީން ބުނީ އެކުންފުނީގެ އުއްމީދަކީ އަލަށް މި ލޯންޗު ކުރެވުނު ސޮފްޓްވެއަރ ގެ ސަބަބުން ކުންފުނީގެ މަސައްކަތްތައް އިތުރަށް ހަލުވިވެގެން ދިއުން ކަމަށެވެ.