ވިލިމާލޭގައި މާދަމާއިން ފެށިގެން ބަހުގެ ހިދުމަތުން އަގު ނަގާނެ، ޓިކެޓެއް 5ރ. އަށް
ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް)ގެ ދަށުން ވިލިމާލޭގައި ދެމުންގެންދާ އިލެކްޓްރޯނިކް ބަހުގެ ހިދުމަތުން މާދަމާއިން ފެށިގެން އަގު ނަގާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ. އެ ކުމްފުނިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ބަހުގެ ހިދުމަތް ވިލިމާލޭގައި 24 ގަޑިއިރު ލިބޭނެ ކަމަށާއި އެ ހިދުމަތަށް ކަނޑައަޅާފައިވާ އަގަކީ ފަސް ރުފިޔާ ކަމަށެވެ. މި ދަތުރުތަކަށް ތިން ޒަރީއާއަކުން ފައިސާ ދެއްކޭނެ އިންތިޒާމު ވެސް ހަމަޖައްސާފައިވާނެ ކަމަށް ބުންޏެވެ. އެއީ...